ރިސޯޓު މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވައިދެއްވާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ވަޒީރު ފައިޞަލް ވިދާޅުވީ ރިސޯޓު މުވައްޒަފުންނަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ބޯހިޔާވަހިކަމުގެ ވައުދުކަމަށެވެ. މި ފަސް އަހަރު ނިމުމުގެ ކުރިން އެމަނިކުފާނު އެވަޢުދު ފުއްދަވާނެކަމަށް ފައިޞަލް ވިދާޅުވިއެވެ.

ފައިޞަލް ވިދާޅުވީ ރައީސްގެ ވައުދު ފުއްދުމުގެ މަސައްކަތްތައް ކުރައްވަމުންދާކަމަށާއި އެމަނިކުފާނު އަމިއްލަފުޅަށްވެސް އެކަން ބައްލަވަމުން ގެންދަވާކަމަށެވެ.

ވަޒީރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ގިނަ ދުވަސްވަންދެން މަސައްކަތްކޮށްފައިވާ ފަރާތްތައް އެބަތިބިކަމަށާއި، ނަމަވެސް މިހާތަނަށް އައިއިރުވެސް އެ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކޮށްފައިނުވާކަމަށެވެ.

ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވީ، ރިސޯޓު މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނީ މިހާރު ކުރިއަށްގެންދާ ހައުސިން މަޝްރޫއުގެ ތެރެއިންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން