ޑޮކްޓަރަކު ރޭޕްކުރި މައްސަލައިގައި އިންޑިއާގެ ޑޮކްޓަރުން ފެށި ހަޅުތާލު ނުހުއްޓައި ބާރަށް ކުރިޔަށް އެބަ ގެންދެއެވެ.

އަވައްޓެރި އިންޑިއާގެ ކޮލްކަތާގައި އަންހެން ޑޮކްޓަރަކު ރޭޕްކޮށް އަނިޔާކުރި މައްސަލަގައި އޭނާއަށް އިންސާފު ހޯދުމަށް ގޮވާލާ އެގައުމުގެ ޑޮކްޓަރުންނާ ސިއްހީ ހިދުމަތްތެރިން ފެށި ހަޅުތާލުތައް ފުޅާކޮށް މުޒާހަރާތައް އިތުރުކޮށްފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ހަޅުތާލުގައި ބައިވެރިވުމުގެ ގޮތުން އިންޑިޔާގެ އެކި ހިސާބުތަކުގެ ހޮސްޕިޓަލްތަކާއި ކްލިނިކްތައް ބަންދުކޮށްފައިވާއިރު އެތަންތަނުން މިހާރު ހިދުމަތް ދެނީ ހަމައެކަނި ކުއްލި ހާލަތްތަކުގައި ދޭން ޖެހޭ ފަރުވާ އެކަންޏެވެ. ސިއްހީ ހިދުމަތްދޭ ތަންތަން ބަންދުކުރުމަށް ފަހު އިތުރު ޑޮކްޓަރުންވެސް މުޒާހަރާގައި ބައިވެރި ވާނެ ކަމަށް ބެލެވެއެވެ.

ވަރަށް އަނިޔާކުރުމަށް ފަހު ރޭޕްކޮށްފައިވާ ޑޮކްޓަރު މަރުވެފައި ވަނީ މިދިޔަ ހަފްތާގައެވެ. އޭނާގެ ދިފާއުގައި މުޒާހަރާ ކުރަމުންދާ އެތައް ހާސް ޑޮންޓަރުންނެއް ގޮވާލަމުންދަނީ އެމީހުންނަށް އަދި އެއްވެސް އަންހެނަކަށް އިންޑިޔާގައި ރައްކާތެރި މާހައުލެއް ލިބިފައި ނުވާކަމަށާއި ވީހާވެސް އަވަހަށް ކަމާބެހޭ އިދާރާތަކުން މަރުވި ޑޮކްޓަރުގެ މައްސަލަ ބަލައި ދިނުމަށް ގޮވާލާފައެވެ.

އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) ގެ ރައީސް އާރްވީ އަސޯކާން ބޭރުގެ މީޑިޔާ އަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޑޮކްޓަރުން އަނިޔާވެރިކަން ތަހައްމަލު ކުރަމުން އަންނަތާ އަހަރުތަކެއް ވެފައިވާ ކަމަށާއި ބޮޑު ސިޓީއެއްގެ މެޑިކަލް ކޮލެޖެއްގައި މިފަދަ އަނިޔާވެރި އަމަލެއް ހިނގައިދާނެ ނަމަ އެއިން އެނގެނީ އެއްވެސް ތަނެއްގައި ޑޮކްޓަރުންނަށް ރައްކާތެރި ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މުޒާހަރާތަކުގައި އައިއެމްއޭ އިން ވަނީ އިންޑިޔާ ސަރުކާރަށް ޑިމާންޑުތަކެއް ވެސް ކޮށްފައެވެ. އެގޮތުން ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ލިބޭނެ ގޮތަށް ގާނޫނު ވަރުގަދަ ކުރުމާއި ހޮސްޕިޓަލްތަކުގައި ސެކިއުރިޓީ ވަރުގަދަކޮށް ވަރުބަލި ފިލުވަން މަޑުކުރާ ތަންތަނަކީ ރައްކާތެރި ތަންތަނަށް ހެދުމަށް ޑިމާންޑު ކުރިއެވެ.

އުމުރުން 31 އަހަރުގެ އަންހެން ޓްރެއިނީ ޑޮކްޓަރު ރޭޕް ކުރި މައްސަލައާއި ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު ވެސް ވަނީ އެކަން ވަރަށް ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން