ކެޔޮދޫ
ކެޔޮދޫ
ވ.ކެޔޮދޫ އާއި ކޮންސްޓެންސް މޯލްޑިވްސް މޮނިޓަރިންގެ ޙާލަތަށް ގެނެސްފިއެވެ.

ކޯވިޑް-19 ގެ އެންމެފަހުގެ މަޢުލޫމާތު ހާމަކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ވ. ކެޔޮދޫން ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްހުރި ދިވެއްސަކު ފެނިފައިވާތީ އެރަށް މޮނިޓަރިންގ ޙާލަތަށް ގެނެސްފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮންސްޓެންސް ނޫފުށިން ދިވެއްސަކާއި ބިދޭސީއެއްގެ ގައިން ކޯވިޑް-19 ގެ އަލާމާތް ފެނިފައިވާތީ އެރިސޯޓްވެސް މޮނިޓަރިންގ ހާލަތަށް ގެނެވިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިތަންތަނާއެކު މިވަގުތު މޮނިޓަރިންގ ގެ ހާލަތުގައި ހުރި ތަންތަނަކީ ރިހިވެލި ދަ ޑްރީމް ހޮޓެލް މޯލްޑިވްސް އާއި، ސެވެން ކޮރަލްސް ކ. މާފުށްޓާއި، މޯލްޑިވިއާނާ ސަފާރީ އާއި، އައިލެންޑް ސަފާރީ އަދި އެސްވައި ސްޓަރސް އެންޓެވެ.

މީގެ އިތުރުން ވީއެސްޖީ ގްލޯރީ ކާގޯ ބޯޓު މޮނިޓަރިންގ ހާލަތުން އާންމު ހާލަތަށް ގެނެސްފައިވާކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މިވަގުތު އައިސޮލޭޝަންގައި 18 މީހުން ތިބިއިރު، ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި 15 މީހުން އެބަތިއްބެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ތިބީ 3 މީހުންނެވެ. ރާއްޖޭގައި ކަރަންޓީނު ފެސިލިޓީތަކުގައި 880 މީހުން މިވަގުތު އެބަތިއްބެވެ.

ރާއްޖެއިން މިހާތަނަށް 1288 ސާމްޕަލް ނެގިފައިވާއިރު، ޕޮޒިޓިވް ވެފައިވަނީ 19 ސާމްޕަލެވެ. 1261 ސާމްޕަލް ނެގެޓިވް ވެފައިވާއިރު ނަތީޖާ ނުލިބި ވަނީ އެންމެ ސާމްޕަލެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން