ބޮލިހޮވަން އުޅުނު ކުއްޖަކަށް ޑައިނަސޯއެއްގެ ފައިތިލައިގެ ނިޝާންތަކެއް ފެނިއްޖެއެވެ.
މި ފައިތިލައިގެ ނިޝާންތައް ފެނިފައިވަނީ އިނގިރޭސި ވިލާތުގެ ސައުތު ވޭލްސްގެ ގޮނޑުދޮށުގައި ބޮލި ހޮވަން އުޅުނު 10 އަހަރުގެ ޓޭގަން އަށް ކަމަށް ބީބީސީ އިން ވަނީ ރިޕޯޓް ކޮށްފައެވެ. އެގޮތުން ބޮލި ހޮވަން އުޅުމުގެ ތެރޭގައި މި އަންހެން ކުއްޖާއަށް ޑައިނަސޯގެ ފައިތިލައިގެ 5 ނިޝާން ފެނިފައިވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ.
ފޮސިލް ދިރާސާ ކުރާ މާހިރުން ނުވަތަ ޕެލިއެންޓޮލޮޖިސްޓުން ބުނިގޮތުގައި ވޭލްސްގެ ގޮނޑުދޮށުން ފެނިފައިމިވާ ފައިތިލައިގެ ނިޝާންތަކަކީ މީގެ 200 މިލިއަން އަހަރު ކުރީގެ ނިޝާންތަކެއް ކަމަށާއި މިއީ ޓްރައިއެސިކު ޒަމާނުގެ ފަހުކޮޅުގެ ފައިތިލައިގެ މާކު ތަކެއް ކަމަށެވެ. އަދި މިއީ ޑައިނަސޯގެ ވައްތަރެއް ކަމަށްވާ ކެމެލޯޓިއާ ޑައިނަސޯގެ ފައިތިލައިގެ ނިޝާންތަކެއް ކަމަށް މާއިރުންވަނީ ބުނެފައެވެ.
މި ފައިތިލަ ދިރާސާ ކޮށްފައިވަނީ އިނގިރޭސިވިލާތުގައި ހުރި އެންމެ މޮޅު ޑައިނަސޯގެ ކަންކަމާ ބެހޭ މާހިރެވެ. އޭނާ ވަނީ ފައިތިލައިގެ ދިރާސާއާ ބެހޭ ބައެއް މައުލޫމާތު ހިއްސާވެސް ކޮށްފައެެވެ. އެގޮތުން އޭނާ ބުނެފައިވަނީ ދިގު ކަރުތަކެއް ހުރި މި ޑައިނަސޯތައް ޔޫރަޕުގެ އެކި ހިސާބުތަކުގައި އުޅެފައިވާ ކަމަށެވެ.
ދިރާސާވެރިޔާ އިތުރަށް ބުނެފައިވަނީ ޓްރައިސެރަޓޮޕްސް އާއި ޓީ ރެކްސް ފަދަ އެހެން ޑައިނަސޯތަކާ ބެހޭ ގޮތުން ސައިންސްވެރިންގެ ތަޖުރިބާއާ އަޅާބަލާއިރު މިހާރު މިފެނުނު ކެމެލޯޓިއާގެ ބާވަތް ނިސްބަތުން މަދުކަމަށެވެ. އަދި ކެމެލޯޓިއާ އަކީ ޓްރައިއެސިކް ޒަމާނުގެ ފަހުކޮޅު އުޅުނު އެއްޗަކަށްވުމުން މިއީ ގަސްކާނާ ކައިއުޅުނު މަޚްލޫޤެއް ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މަސްދަރު: ހިންދުސްތާނީ ޓައިމްސް

ކިޔުންތެރިންގެ ހިޔާލު