މި ހިސާބަށް ގައުމު ވެއްޓި ދަރަނި ބޮޑުވެގެން ދިއުމުގައި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ޒިންމާ ވެސް އެބައޮތް ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމް ވިދާޅުވީ ދަރަނި ބޮޑުވުމުގައި މަޖިލީހުގެ މެމްބަރުންގެ ޒިންމާވެސް އެބައޮތް ކަމަށާއި އެ ނޫން ގޮތަކަށް ގަބޫލުކުރާ ނަމަ އެއީ މައްސަލައެއް ކަމަށެވެ. އަދި މަޖިލިހުގެ މެމްބަރުންގެ މަސްއޫލިއްޔަތުތަކެއް އަދާ ނުކުރެވި އެބައޮތް ކަމަށް ވިދާޅުވެ ގާސިމް ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެއްބާރުލުން ދިނުން ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވެފައެވެ.
މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވައުމުން ޖުމްހޫރީ ޕާޓީގެ ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވީ މިއަދު ދިމާވެފައިވާ ހާލަތުގައި އެއް ބަޔަކު އަނެއް ބަޔަކާ ޖެހިގަނެ، ނަފުރަތު އުފެއްދުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެގޮތަށް ކަންކަން ބައްޓަން ކުރާ ނަމަ ގައުމު އިތުރަށް ފަސާދަވާނެ ކަމަށާއި އެއް ރޫހެއްގައި އެއް އަޒުމެއްގައި މަސައްކަތް ކޮށްގެން ނޫނީ ސަލާމަތް ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ މިހާލަތުގައި އަޅަން ޖެހޭ ފިޔަވަޅެއް ވަގުތުން އަޅައި، ކުރަން ޖެހޭ ހަރަދު ކުޑަކޮށްގެން ދަރަނި ތަކުން ސަލާމަތް ވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު