ހިންދީ ފިލްމު "ސްޓްރީ 2" ގެ ކާމިޔާބީއާ ގުޅިގެން ފިލްމުތަކުގެ ލީޑު ރޯލުތަކަށް ފުރުސަތު ލިބެމުންދާ ކަމަށް ބޮލީވުޑުގެ ތަރި އަބިޝެކް ބަންޖަރީ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ނިއުސް 18 އަށް ދިން އިންޓަވިއުގައި އޭނާއަށް ކުރީގައި ފިލްމުތަކުގެ ލީޑު ރޯލުތައް ލިބުން ދަތިކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ. އެގޮތުން އަބިޝެކް ބުނެފައިވަނީ "ސްޓްރީ 2" ނިކުތުމުގެ ކުރީގައި އޭނާއަށް ފިލްމުތަކުގެ ލީޑު ރޯލު ކުޅުމުގެ ފުރުސަތު ވަރަށް ނުލިބޭ ކަމަށާއި، ނަމަވެސް މި ފިލްމުގެ ކާމިޔާބީއަށްފަހު ތަފާތު އެކި ފިލްމުތަކުގެ ލީޑު ރޯލު ކުޅުމުގެ ފުރުސަތު ލިބެމުން އަންނަ ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ކުރީގައި އޭނާއަށް ފުރުސަތު ލިބެނީ ދަށް ބަޖެޓުތަކުގައި އުފައްދާ ފިލްމުތަކުން ކަމަށާއި، ނަމަވެސް "ސްޓްރީ 2" ގެ ކާމިޔާބާއެކު މިދިޔަ ހަފްތާގައިވެސް 3 ފިލްމެއްގެ ލީޑު ރޯލު ލިބިފައިވާ ކަމަށެވެ. އަދި އެފިލްމުތަކުގެ ސްކްރިޕުޓުތައް ކިޔައި ވަރަށް އަވަހަށް ނިންމުމެއް ނިންމާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ސްޓްރީ 2 ގައި އަބިޝެކް ދައްކާފައިވާ ހުނަރުވެރި އެކްޓިންގެ ސަބަބުން އޭނާއަށް އަންނަނީ އެތައް ބައެއްގެ ލޯބި ލިބެމުންނެވެ. 39 އަހަރުގެ އަބިޝެކް މަޝްހޫރުވެފައިވަނީ "ސްޓްރީ" އާއި "ބޭޅިޔާ" އާއި "ހަތޯޅާ ތިޔާގީ" ފަދަ ފިލްމުތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު