އެމްއެމްއޭގެ ގަވަރނަރ އަލީ ހާޝިމް
އެމްއެމްއޭގެ ގަވަރނަރ އަލީ ހާޝިމް
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ގޮވާލައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި ޑޮލަރު ގަނެ ވިއްކޭނެ އެންމެ މަތީ އަގަކީ 15.42 ރުފިޔާ ކަމަށް ކަނޑައަޅާފައިވީ ނަމަވެސް ޑޮލަރުގެ ކަޅު ބަޒާރެއް އުފެދި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

އަދި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދުމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭ ބޭފުޅަކީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ކަމަށާއި، އައިސޮލޭޝަންގައި ހުންނެވީ ކަމަށް ވިދާޅުވެ ހާޝިމް ގެންދަވަނީ ޒިންމާއިން ރެކުމަށް މަސައްކަތް ކުރަމުން ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ގަވަރުނަރު ޢަލީ ހާޝިމަކީ މަގާމުގެ މަސްއޫލިއްޔަތު އުފުއްލޭވަރުގެ ޤާބިލް ބޭފުޅެއް ނޫން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ހުށައެޅުއްވި ޤަރާރުގައި ވަނީ، ދިވެހި ރުފިޔާގެ އަގު ދަށްވިޔަ ނުދީ ހިފަހައްޓައި، ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހޭނީ ހާޝިމް މަގާމުން ވަކިކޮށްގެން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެން ކަމުން އޭނާ މަޤާމުން ވަކިކުރުމަށް ގޮވާލާކަމަށް ޖާބިރު ހުށައެޅި ޤަރާރުގައި ވެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންވެސް ޖާބިރު ވަނީ އަލީ ހާޝިމްގެ އިސްތިއުފާ ގޮވާލައްވައިފަ އެވެ. އަދި ޖާބިރު މިއަދު ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ލީޑަރޝިޕާއެކު މަޝްވަރާއަަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ، ސަރުކާރު ޖަވާބުދާާރީކުރުވުމުގެ މަސައްކަތް އެކުގައި ކުރަން އެ ކޯލިޝަނަށް ދައުވަތު ވެސް ފޮނުއްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ހަސަން މުހައްމަދު

19-Aug-2020

ނަޝީދުގެ ވެރިކަމުގަވެސް ވައްކަން 😂 މިހާރުވެސް ވައްކަން 🤣



ޓްރެންޑިން