ބޮލީވުޑޫގެ މަޝްހޫރު ތަރި އާމިރު ޚާން- ގޫގުލް އިމޭޖެސް
ބޮލީވުޑޫގެ މަޝްހޫރު ތަރި އާމިރު ޚާން- ގޫގުލް އިމޭޖެސް
ދަރިން ބޮޑުވަމުން އައިއިރު އެކުދިންނަށް ސަމާލުކަން ނުދެވި، އެކުދިންގެ ދިރިއުޅުމުގެ އެކި ކަންތައްތަކުގައި އެހާ ބޮޑަށް ހިއްސާ ނުވެވުނީތީ އެކަމާ މިހާރު ވަރަށް ދެރަވާ ކަމަށް ބޮލީވުޑުގެ މަޝްހޫރު ތަރި އާމިރު ޚާން ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ރިއާ ޗަކްރަބޮރްތީ އާއެކު ކުރިއަށްދިޔަ އިންޓަވިއުއެއްގައި އޭނާގެ ދިރިއުޅުމުގައި ހިތާމަ ކުރާ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން އޭނާ ބުނެފައިވަނީ އޭނާގެ ދަރިން ބޮޑުވަމުން އައިއިރު އޭނާ އެންމެ ބޮޑަށް ސަމާލުކަން ދީފައިވަނީ ކެރިއަރު ކުރިއެރުވުމަށް ކަމަށާއި އޭގެ ސަބަބުން އޭނާގެ ދަރިންނާއެކު ވަގުތު ހޭދަކުރުމަށް ހުރަސް އެޅުނު ކަމަށެވެ. އަދި އޭނާގެ ދަރިންގެ ދިރިއުޅުމުގައި އެހާ ބޮޑަށް ހިއްސާ ނުވެވުނީތީ އެކަމާ މިހާރު ހިތާމަަ ކުރެވޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނެފައިވަނީ އޭނާ އަބަދުވެސް މަސައްކަތް ކުރީ ބެލުންތެރިންގެ ސަމާލު ކަން ހޯދުމަށް ކަމަށާއި، އޭނާއާއެކު މަސައްކަތްކުރަމުންދިޔަ މީހުންގެ ހުރިހާ ކަމެއް އޭނާއަށް ވަރަށް ރަނގަޅަށް އެނގުނު ނަމަވެސް އޭނާގެ ދަރިން ތަހައްމަލު ކުރަމުން ދިޔަ ކަންތައްތައް އޭނާއަށް އޭރު ރޭކާވެސް ނުލާ ކަމަށެވެ. އަދި މިކަންކަމާ ހިތާމަ ކުރެވޭތީ ބޮލީވުޑާ ދުރަށް ދާން ނިންމި ކަމަށާއި، ނަމަވެސް އޭނާގެ ދަރިން އޭނާއަށް ނަސޭހަތްތެރިވުމުން އެހިޔާލު ދޫކޮށްލީ ކަމަށްވެސް އާމިރު ވަނީ ބުނެފައެވެ.

އާމިރު އަކީ ބޮލީވުޑުގައި ވަރަށް ނަން ހިނގާ، ބޮލީވުޑަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ތަރިއެކެވެ. އޭނާގެ ބައެއް ފާހަަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ތާރޭ ޒަމީ ޕަރު" އަދި "ގަޖިނީ" ފަދަ ފިލްމުތައް ހިމެނެއެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އާރް އެސް ޕްރަސައްނާ ޑައިރެކްޓު ކުރާ "ސިތާރޭ ޒަމީން ޕަރް" އިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން