ބޮލީވުޑޫގެ މަޝްހޫރު ތަރި ސަލްމާން ޚާން- ގޫގުލް އިމޭޖެސް
ބޮލީވުޑޫގެ މަޝްހޫރު ތަރި ސަލްމާން ޚާން- ގޫގުލް އިމޭޖެސް
ސަލްމާނު ޚާންގެ މޭކަށްޓަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަށް ތާއިދު ކުރާ މީހުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އެގޮތުން ސަލްމާނުގެ ސަޕޯޓަރުން އޭނާގެ ބަލިހާލާމެދު ކަންބޮޑުވުން ފާޅު ކޮށްފައިވަނީ ދާދި ފަހުން އޭނާ ބައިވެރިވި އިވެންޓެއްގައި ނަގާފައިވާ ވީޑިއޯއަކުން އޭނާއަށް އުނދަގޫތަކެއް ތަހައްމަލު ކުރަމުންދާކަން ހާމަވާތީކަމަށް ބުނެއެވެ. ރިޕޯޓުތައް ބުނާގޮތުން ސަލްމާނުގެ މޭކަށްޓަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަށް ހެލިފެލިވެ އުޅެން އުނދަގޫވާކަން ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ ވީޑިއޯތަކުން ފެނިގެންދެއެވެ.

މި ވީޑިއޯ ވައިރަލްވުމާއެކު އޭނާއަށް ތާއީދު ކުރާ އެތައް ބަަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ސަލްމާނު އަށް އަވަސް ޝިފާއެއް ލިބުމަށް އެދޭކަމަށް ބުނެފައެވެ. އަދި ބައެއް މީހުންވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސިކަންދަރު" ގެ ޝޫޓިންވެސް މެދުކަނޑާލާފައިވަނީ މިކަމުގެ ސަބަބުން ކަމަށް ލަފާކޮށްފައެވެ.

ސަލްމާނު އަކީ ބޮލީވުޑުގައި ނަން ވިދާ ތަރިއެކެވެ. އޭނާގެ ބައެއް މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ސުލްތާން"، އަދި "އޭކް ތާ ޓައިގާ" ފަދަ ފިލްމުތައް ހިމެނެއެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ސިކަންދަރު" އިންނެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2025 ގެ އީދު ބަންދާ ދިމާކޮށެވެ. އަދި މީގެ އިތުރުން އޮކްޓޯބަރު މަހު ފެށޭ މަޝްހޫރު ރިއަލިޓީ ޝޯ "ބިގްބޮސް" ގެ ހޯސްޓެއްގެ ގޮތުގައިވެސް ސަލްމާނު ފެންނާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން