ޤައުމީ ދުވަހާ ގުޅުވައިގެން، އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ނިޕޯން ކުލައިގެ ޚާއްޞަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 އޮގަސްޓުން ފެށިގެން 5 ސެޕްޓެންބަރުގެ ނިޔަލަށް ކަމަށެވެ. މި ޕްރޮމޯޝަނަކީ ހަމައެކަނި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވްރޫމުން ލިބޭނެ ޚާއްޞަ ފުރުޞަތެއްކަމަށްވެސް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.
މިގޮތުން މިޕްރޮމޯޝަންގެ ދަށުން، ހުރިހާ ނިޕޯން ޕެއިންޓްތަކުން 10 އިންސައްތައިގެ ޚާއްޞަ ޑިސްކައުންޓެއް ލިބޭނެއެވެ. މީގެ އިތުރުން، ޕެއިންޓް އެކްސަސަރީސްގެ ގޮތުގައި ހިމެނޭ ކުލަފިހި، ރޯލަރ އަދި ބުރުސް ފަދަ އެހެނިހެންވެސް ކުލަލުމުގެ ސާމާނުން 15 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ.
އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމް ހުންނަނީ ހުޅުމާލޭގެ ހުވަނދުމާ ހިނގުމުގައެވެ. މި ފިހާރައިން ކޮންސްޓްރަކްޝަނާ ގުޅުންހުރި ހުރިހާ ބާވަތެއްގެ ސާމާނު ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެ ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު