އެމްޓީސީސީ އިން މާލެ ސަރަހައްދުގައި ދެމުންދާ ބަހުގެ ހިދުމަތް ކޮންމެ ދުވަހަކު ވެސް ފަތިހު ފަހެއް ޖަހާއިރު ފަށާގޮތަށް އެ ކުންފުނިން ނިންމައިފިއެވެ.

އެމްޓީސީސީ އިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކުރިން އެމްޓީސީސީގެ ބަހުގެ ހިދުމަތް ފަށާ ގަޑިކަމަށްވާ ހެނދުނު 6 ގެ ބަދަލުގައި މިއަންނަ އާދިއްތަ ދުވަހުން ފެށިގެން ދެން ބަސް ދަތުރުތައް ފަށާނީ ފަތިހު 5 ޖަހާއިރު ކަމަށެވެ.

ބައެއް އާންމު ރައްޔިތުންގެ ހިޔާލަށް ބަލައި އެ ކުންފުނިން ގެނައި މި ބަދަލުގެ ދަށުން ފަތިހު 5 ޖަހާއިރު ދަތުރު ފަށާނީ އާރު1، އާރު2، އާރު6، އާރު7، އާރު8، އާރު10، އާރު11 އަދި އާރު12 ގެ ބަހެވެ.

މާލެއަކީ ޑިއުޓީތަކަށް ފަތިހު ވެސް ގިނަބަޔަކު އެއްތަނުން އަނެއްތަނަށް ދަތުރުކުރަން ބޭނުންވާ ރައްޔިތުން ގިނަ ތަނެއްކަމުން މިފަދަ ހިދުމަތެއް ވެގެންދާނީ އެފަދަ ފަރާތްތަކަށް ބޮޑު ލުޔަކަށްކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން