ތޫނު އެއްޗަކުން ބިރު ދައްކައި ފޭރުނު މައްސަލައެއްގައި މި މަހުވެސް އަންހެނަކު ހައްޔަރުކޮށްފިއެވެ،
ވަޅިން ބިރު ދައްކައި ފޭރިގެން މިދިޔަ މަހު ފަހުކޮޅު ގދ. ވާދޫ، ބުރުނިއާގެ އުމުރުން 26 އަހަރުގެ ޝާނާ މުޙައްމަދު ޖުނައިދު ހައްޔަރުކުރި އިރު މި ފަހަރު ހައްޔަރުކުރީ އައްޑޫ ސިޓީގެ މަރަދޫއަށް ނިސްބަތްވާ ކުންނާރުމާގޭ އައިޝަތު މަލްޖާ މޫސާ ދީދީ (26އ.) އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމަރުގައިވާ ގޮތުން އޭނާ އަކީ ކުށުގެ ރެކޯޑް އޮންނަ އަންހެނެކެވެ.
މަލްޖާއަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެކަށީގެންވާ މިންވަރަަށް އެކަަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށް ވެސް ކޯޓު އަމުރުގައިބުނެފައި ވެއެވެ. އެގޮތުން ކުށުގެ ވެއްޓަށް ދިޔަ ފުލުހެއްގެ ބަޔާން ހިމެނޭ ރިޕޯޓާއި އަނިޔާ ލިބުނު މީހާގެ ބަޔާނާއި ފޮޓޯ ރިޕޯޓް ހުށަހަޅާފައިވާ ކަަމަށް ވެސް ބުނެފައި ވެއެވެ.
އެހެންވެ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަަމަށް ބެލެވޭ ކަމަށާއި އެސަބަބަށްޓަކައި މަލްޖާ 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އިއްޔެ ބަަންދުގެ މުއްދަތުވެސް ޖަހައިފައެވެ.

ކިޔުންތެރިންގެ ހިޔާލު