މަރްޔަމް ނަހްދާ ވަޙީދު   9 ސެޕްޓެމްބަރު 2024 - 0:25
ބޮލީވުޑުގެ ތަރިން ރަންވިރު ސިންގު އާއި ދީޕިކާ ޕަޑުކޯން- ގޫގުލް އިމޭޖެސް
ބޮލީވުޑުގެ ތަރިން ރަންވިރު ސިންގު އާއި ދީޕިކާ ޕަޑުކޯން- ގޫގުލް އިމޭޖެސް
ބޮލީވުޑުގެ "ޕަވާ ކަޕުލް" ރަންވީރު ސިންގުއާއި ދީޕިކާ ޕަޑުކޯން އަށް ލިބުނީ އަންހެން ކުއްޖެއް ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ޕިންކްވިލާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އިއްޔެގެ ވަގުތެއްގައި ރަންވީރާއި ދީޕިކާގެ ދަރިފުޅު އުފަންވެފައި ވާކަމަށާއި، އެއީ އަންހެން ކުއްޖެއްކަން އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓަކުން މި ދެ ތަރިން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. އެގޮތުން އެ ޕޯސްޓުގައި "ވެލްކަމް ބޭބީގާލް" އޭ ޖަހައި ކުއްޖާގެ އުފަން ދުވަސް ހިއްސާކޮށްފައިވެއެވެ.

ދީޕިކާއަށް ދަރިއެއް ލިބެން އުޅޭކަމުގެ ހަބަރު މީގެ ކުރިން ހިއްސާކޮށްފައިވާއިރު، އޭނާއަށް އަލަތު ދަރިފުޅު ލިބޭނީ މިމަހުގެ 28ގައި ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ރަންވީރާއި ދީޕިކާގެ އަލަތު ދަރިފުޅަކީ ފިރިހެން ކުއްޖެއްކަމަށްވެސް ލަފާކޮށްފައެވެ.

ނަމަވެސް ޑޮކްޓަރުން ލަފާކުރި ވަރަށްވުރެ އަވަހަށް ދީޕިކާ ވިހާފައިވާއިރު، ވަރަށް ގިނަ މީހުން ދެކުނު ގޮތާ ހިލާފަށް އޭނާއަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ. މި ދެ ތަރިންނަށް ދަރިއެއް ލިބުނުކަން ހިއްސާކުރުމާއެކު އެތައް ބަޔަކު ވަނީ މަރުހަބާ ކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން