އަހަރުތަކަކަށްފަހު އަނެއްކާވެސް ބޮލީވުޑުގެ މަޝްހޫރު ތަރި އަކްޝޭ ކުމާރާއި ޑައިރެކްޓަރު ޕްރިޔާދަރްޝަން ފިލްމެއް އުފައްދަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މީޑިއާތަކުން މިހެން ރިޕޯޓު ކޮށްފައިވަނީ އަކްޝޭއާއި ޕްރިޔާދަރްޝަން އުފައްދާ ފިލްމު "ބޫތު ބަންގްލާ" ގެ ފުރަތަމަ ޕޯސްޓަރު އާންމު ކުރުމުންނެވެ. ބޮލީވުޑު ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އަކްޝޭގެ 57 ވަނަ އުފަންދުވަހު ފިލްމު "ބޫތު ބަންގްލާ" ގެ އުފެއްދުންތެރިން އެ ފިލްމުގެ ޕޯސްޓަރު އާންމު ކޮށްފައިވާ ކަމަށެވެ. އަދި މި ފިލްމަކީ ބިރުވެރި ކޮމެޑީ ފިލްމަކަށްވީއިރު، މިއީ 14 އަހަރަށްފަހު ފުރަތަމަ ފަހަރަށް އަކްޝޭ އާއި ޕްރިޔާދަރްޝަން އެކުގައި މަސައްކަތް ކުރާ ފިލްމު ކަމަށްވެސް ވަނީ ބުނެފައެވެ.
އަކްޝޭވެސް ވަނީ އޭނާގެ މީސް މީޑިއާގައި މި ވާހަކަ ހިއްސާކޮށް، ޕްރިޔާދަރްޝަންއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އަނެއްކާވެސް ލިބުނީތީ އެކަމާ އުފާކުރާ ކަމަށް ބުނެފައެވެ. އަކްޝޭ އާއި ޕްރިޔާދަރްޝަން ވަނީ މީގެ ކުރިން މީހުން ހެއްވާލާފަދަ މަޖާ ފިލްމުތަކެއް އުފައްދާފައިކަމުން ގިނަ ބަޔަކު ތިބީ މި ފިލްމު ނެރޭނެ ދުވަހަކަށް ކެއްމަދުވެފައެވެ.
މި ފިލްމަކީ ބިރުވެރި، އަދި އާދަޔާ ހިލާފު އެކި ކަންތައްތައް ފެންނާނެ ފިލްމެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އެކްތާ އާރް ކަޕޫރު އުފައްދާ މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގައެވެ. އަދި މި ފިލްމު 2025 ގައި ނެރޭނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު