ކޯވިޑް-19 އަަށް ވެކްސިނެއް ފެނޭތޯ ކުރާ މަސައްކަތުގައި ޓެސްޓް ކުރުމަށް އިންސާނުންގެ ގަޔަށް ވެކްސިން ޖަހަނީ
ކޯވިޑް-19 އަަށް ވެކްސިނެއް ފެނޭތޯ ކުރާ މަސައްކަތުގައި ޓެސްޓް ކުރުމަށް އިންސާނުންގެ ގަޔަށް ވެކްސިން ޖަހަނީ
ކޮރޯނާވައިރަސް ޖެހިގެން ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު 1169 އަށް އަރައިފިއެވެ. މިއީ މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމެއްގައި ދުވާލެއްގެ މައްޗަށް މި ބަލިޖެހިގެން މީހުން މަރުވި އަދަދެއް ނޫނެވެ.

މި ހިތާމަވެރި ރިކޯޑު މީގެ ކުރިން އޮތީ އިޓަލީގައި 969 މީހުންގެ މަރާއެކުގައެވެ. އަދި 13,915 މަރާއެކު ދުނިޔޭގައި ކޯވިޑް-19 ގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ ވެސް އިޓަލީއެވެ. މި ބަލި ޖެހިގެން ދެން އެންމެ ގިނަ މީހުން މިހާތަނަށް މަރުވެފައިވަނީ ސްޕެއިން ގައެވެ. އެޤައުމުގައި ކޯވިޑް-19ގައި 10,348 މީހުން މިހާތަނަށް ވަނީ މަރުވެފަވެ. މުޅި ދުނިޔެއިން މި ބަލީގައި މަރުވެފައިވާ މީހުންގެ ޖުމްލަ އަދަދު މިވަގުތު އުޅެނީ 53, 281 ގައެވެ.

ހަމައެއާއި އެކު، މި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެމެރިކާގައި 30,000 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެ، ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރުވަނީ 245,373 އަށް އަރާފައެވެ. އެމެރިކާއިން 1.3 މިލިއަން މީހުން ކޯވިޑް-19އަށް ޓެސްޓު ކުރެވިފައިވާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 100,000 ޓެސްޓު ކުރެވެމުންދާކަމަށް އެގައުމުގެ ނައިބު ރައީސް މައިކް ޕެންސް ވަނީ ވިދާޅުވެފައެވެ.

ވައިޓް ހައުސްއިން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުން ކޯވިޑް-19ގައި އެޤައުމުން 100,000 އާއި 240,000 އާއި ދެމެދުގެ އަދަދެއްގެ މީހުން މަރުވާނެއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާނެތީ އެކަމަށް ރައްޔިތުން ސަމާލުވުމަށް އަންގަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން