ދުބާއީގެ އަމީރާ ޝެއިޚް މަހްރާ "ޑިވޯސް" ގެ ނަމުން ނަން ދީފައިވާ ސެންޓު ލައިނެއް އުފައްދައިފި ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ހިންދުސްތާނީ ޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ދުބާއީގެ އަމީރާ މަހްރާގެ ބްރޭންޑެއް ކަމަށްވާ މަހްރާ އެމްވަން ގެ ދަށުން ސެންޓު ލައިނެއް އުފައްދާފައިވާ ކަމަށާއި، އެއަށް ނަން ދީފައިވަނީ "ޑިވޯސް" ގެ ނަމުން ކަމަށެވެ. އަދި މަހްރާ ވަނީ މި ސެންޓު ޕްރޮމޯޓު ކުރުމުގެ ގޮތުން އޭނާގެ އިންސްޓަގްރާމްގައި ވީޑިއޯއެއް ހިއްސާކޮށްފައި ކަމަށްވެސްް ރިޕޯޓުގައި ވެއެވެ.
މި ސެންޓަށް "ޑިވޯސް" ގެ ނަމުން ނަން ދެވިފައިވާއިރު، މި ސެންޓު އުފައްދާފައިމިވަނީ އޭނާގެ އިންސްޓަގްރާމުގައި ކައިވެނި ރޫޅާލަން ނިންމިކަން ހިއްސާކުރިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. އެތައް ބައެއްގެ ސަމާލުކަން ލިބުނު އެ ޕޯސްޓުން އެނގޭ ގޮތުގައި އޭނާ އެ ނިންމުން ނިންމާފައިވަނީ ފިރިމީހާ ބޭވަފާތެރި ވުމުންނެވެ.
ޝެއިޚް މަހްރާ އާއި ޝެއިޚް މަނާ ކައިވެނި ކޮށްފައިވަނީ 2023 ގައެވެ. އެމީހުންގެ ކައިވެނި ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފައިވާއިރު، ކައިވެންޏަށް މާގިނަ ދުވަހެއް ނުވެ އެ ދެމީހުންނަށް ވަނީ ދަރިއެއްވެސް ލިބިފައެވެ. އަދި އެދެމީހުންނަށް އަލަތު ދަރިފުޅު ލިބުނުތާ މާގިނަ ދުވަހެއް ނުވެ، ވަރިވާން ނިންމުމުން ވަރަށް ގިނަ ބަޔަކު ތިބީ ހައިރާން ވެފައެވެ.
މަސްދަރު: ހިންދުސްތާނީ ޓައިމްސް

ކިޔުންތެރިންގެ ހިޔާލު