މަރްޔަމް ނަހްދާ ވަޙީދު   12 ސެޕްޓެމްބަރު 2024 - 0:27
ބޮލީވުޑުގެ މަޝްހޫރު ތަރި މަލައިކާ އަރޯރާ އާއި އޭނާގެ ބައްޕަ- ގޫގުލް އިމޭޖެސް
ބޮލީވުޑުގެ މަޝްހޫރު ތަރި މަލައިކާ އަރޯރާ އާއި އޭނާގެ ބައްޕަ- ގޫގުލް އިމޭޖެސް
ބޮލީވުޑުގެ ފިލްމީ ތަރި އަދި މޮޑެެލް މަލައިކާ އަރޯރާގެ ބައްޕަ އަނިލް އަރޯރާ އިއްޔެ ހެނދުނުގެ ވަގުތެއްގައި މަރުވެއްޖެއެވެ.

މަލައިކާގެ ބައްޕަ އަނިލް އަރޯރާ އިއްޔެ ހެނދުނުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށް، އިންޑިޔާގެ ފުލުހުންނާ ހަވާލާދީ ގިނަ މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އޭނާގެ މަރުގެ ހަބަރުން ގިނަ ބަޔަކަށް ސިހުން ލިބިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެވެ.

އަނިލް މަރުވެފައިވަނީ އަމިއްލައަށްކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަދި ފުލުހުން މިހާރު އެކަން ތަހުގީގު ކުރަމުންދާކަމަށް ވެއެވެ.

އެގޮތުން އަނިލް މަރުވެފައިވަނީ މުމްބާއީގެ ބަންޑްރާގައި ހުންނަ އޭނާގެ ގޭގެ ހަވަނަ ބުރިން ފުއްމާލުމުން ކަމަށް އިންޑިޔާގެ މީޑިޔާ ތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި މި ހާދިޘާ ހިނގާފައިވަނީ އިއްޔެ ހެނދުނު 10:30 ހާއިރު ކަމަށާއި އަދި އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ބަންޑްރާގެ ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

އަނިލް އަކީ ޕަންޖާބު ނަސްލުގެ މީހާކަށް ވީއިރު، އޭނާ ވަނީ މީގެ ކުރިން އިންޑިއާގެ ނޭވީގައި މަސައްކަތް ކޮށްފައެވެ. މަލައިކާގެ އުމުރުން 11 އަހަރުގައި އޭނާގެ މަންމައާއި ބައްޕަ ވަކިވެފައިވާއިރު، މަލައިކާ ބަލާ ބޮޑުކޮށް ތަރުބިއްޔަތު ކުރީ އޭނާގެ މަންމައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން