ދިރިއުޅުމުގައި ހެޔޮއެދޭ އަންހެން ރައްޓެހިން ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ބޮލީވުޑުގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ޚާން ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި އަންހެން ރައްޓެހިން ގެންގުޅުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން އޭނާ ބުނެފައިވަނީ ދިރިއުޅުމުގައި ހެޔޮއެދޭ އަންހެން ރައްޓެހިން ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އަންހެނުންގެ މެދުގައި އޮންނަ ރަހްމަތްތެރިކަމަކީ ވަރަށް ތަފާތު ގުޅުމެއް ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ އަންހެން ރައްޓެހިންގެ ފަރާތުން ކަންކަމުގައި ލިބޭ އެއްބާރުލުމަކީ ފިރިމީހާގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވުރެ ތަފާތު ކަމެއް ކަމަށެވެ. އަދި އަންހެނުންނަށް އެކަކު އަނެކެއްގެ އިހުސާސްތައް މާ ރަނގަޅަށް ދެނެގަނެވޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި އަންހެނުން އެކަކު އަނެކަކަށް ސަޕޯޓު ކުރާ ތަން ފެނުމުން ވަރަށް އުފާވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ކަރީނާ އަކީ ބޮލީވުޑަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ ކުޅަދާނަ ތަރިއެކެވެ. އޭނާ ދެން އެންމެ އަވަހަށް އޭނާ ފެންނާނީ ހަންސަލް މެހެތާގެ ފިލްމު "ބަކިންހަމް މާޑާސް" އިންނެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު