ވައްކަންކޮށްގެން ދިވެއްސަކު 100 ވަނަ ފަހަރަށް ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މީހާއަކީ މ. ނަރުގިސްވިލާ/ މާލެ،ް ވާރިޝް ޝަމްސުއްދީނެވެ.
ބަންދު އަމުރުގައި ވާގޮތުން އޭނާ މީގެ ކުރިން 99 ފަހަރު ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކޮށް 39 ފަހަރު ވަނީ ބަންދުކޮށްފަ އެވެ.
އޭނާ 100 ވަނަ ފަހަރު ހައްޔަރުކުރިއިރު އޭނާގެ ޖީބުން ހަތަރު އަތުކުރީ ގަޑިއާއި ވަގަށް ނަގާފައިވާ ކަމަށް ބެެލެޥޭ ފޯނެއް ފެނުނު ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
އެހެން ނަަމަވެސް އޭނާ ވައްކަންކުރަން ވަންކަމަށް ބުނާގެއަށް ވަނީ ރައްޓެއްސަކު ބުނެގެން ކަމަށާއި ވައްކަން ކުރަން ނޫން ކަަމަށް ވާރިސް ބުނެފައި ވެއެވެ.
އަދި ޖީބުން ފެނުނު ފޯނަކީ މަގުމަތިން ފެނުނު ފޯނެއް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
އެހެން ނަމަވެސް ފުލުހުން އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވުމާއެކު އަދި ވާރިޝް މުޖުތަމައަށް ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި އޭނާ 15 ދުވަސް ކަސްޓޯޑިއަލް ޖަލެއްގައި ބަންުދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު