ބޮލީވުޑުގެ ތަރި މަލައިކާ އަރޯރާ ގެ ބައްޕަ މަރުވުމާގުޅިގެން ބޮލީވުޑުގެ ތަރި އަދި މަލައިކާގެ ގާތް އެކުވެރިޔާ ކަރީނާ ކަޕޫރު ޚާން އޭނާގެ ކުރިއަށްހުރި މަސައްކަތްތައް ފަސްކޮށްފިކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެެ.
ނިއުސް 18 ގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ކަރީނާ ވަނީ އޭނާގެ "ބެސްޓު ފްރެންޑު" މަލައިކާގެ ބައްޕަ މަރުވުމާ ގުޅިގެން އޭނާގެ ކުރިއަށް ހުރި މަސައްކަތްތައް ފަސް ކޮށްފައި ކަމަށެވެ. އެގޮތުން ކަރީނާ ވަނީ ފާއިތުވި ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓެއް ވެސް ފަސް ކޮށްފައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
އަދި އޭނާ މަސައްކަތްތައް ފަސް ކޮށްފައިވަނީ މި ހިތާމަވެރި ވަގުތުގައި ގާތް އެކުވެރިޔާ އާއި އޭނާގެ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ކަމަށް ރިޕޯޓުގައި ވެއެވެ. މަލައިކާގެ ބައްޕަ މަރުވި ހަބަރު ލިބުމާއެކު ކަރީނާ އާއި އޭނާގެ ދައްތަ ކަރިޝްމާ ވަނީ ތައުޒިޔާ ކިޔުމަށް އެތަނަށް ގޮސްފައި ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ. އަދި މި ހިތާމަވެރި ވަގުތުގައި ބޮލީވުޑުގެ އެހެނިހެން ތަރިންވެސް ވަނީ އެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.
ބޮލީވުޑަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ކަރީނާ މިހާރު މަސައްކަތް ކުރަމުން ދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ބަކިންހަމް މާޑާސް" ނެރުމަށެވެ. ހަންސަލް މެހެތާ ޑައިރެކްޓު ކުރާ މި ފިލްމު މިއަދުގެ ވަގުތެއްގައި ނެރޭނެ ކަަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު