ރާއްޖޭގެ ޤައުމީ ޝިޕިން ކުންފުނީގެ ފުރަތަމަ ބޯޓު އަންނަ އާދީއްތަ ދުވަހު ރާއްޖެ އަންނާނެކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އަލަށް އުފެއްދި ޤައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުންޏެކެވެ.
ސްރީލަންކާގެ ބަނދަރަކުން ފުރަން އޮތް އެ ބޯޓުގެ ފުރުން ލަސްވީ ކޯވިޑް-19 އާ ގުޅިގެން ދިމާވި ދަތިތަކުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ ކުރިން ރައީސް ޞާލިޙް ވިދާޅުވެފައި ވަނީ އެމްއެސްއެސް ގެ ނަމުގައި ސަރުކާތުން އަލަށް އުފައްދާ ޝިޕިގް ކުންފުނީގެ ފުރަތަމަ ބޯޓް މިދިޔަ މާރޗް މަހުގެ 30 ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް، ފަތުރުވެރިކަން ނޫން އެހެން ސިނާއަތްތަކަށް އިންވެސްޓުކުރަން ޖެހޭކަމަށް މީގެ ކުރިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި ރޭ ދަރުބާރުގޭގައި ބޭއްވި ކޯވިސްޑް-19 އާއި ބެހޭ ނޫސް ކޮންފަރެންސްފައި މާލީ ވަޒީރު އިބްރާހިމް އަމީރުވެސް ވިދާޅުވެފައިވަނީ މިހާރު ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ އެއް ސިނާއަތެއްގެ މައްޗަށް އިޤްތިޞާދު ބަރޯސާ ނުވެ ރާއްޖޭގެ އިޤްތިޞާދުގެ މިސްރާބު ބަދަލުކޮށްލުން ކަމަށެވެ. އެމްއެސްއެސް އިން ގެންނަ ފުރަތަމަ ބޯޓަކީ 20 ފޫޓުގެ 700 ކޮންޓެއިނަރު އުފުއްލޭ ވަރުގެ ބޯޓެއް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

Maldives State Shipping (MSS) First Vessel to Arrive on 5th April @stoplc https://t.co/bzEpLjAZWO
— Corporate Maldives (@corporatemv) April 2, 2020
ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް، ފަތުރުވެރިކަން ނޫން އެހެން ސިނާއަތްތަކަށް އިންވެސްޓުކުރަން ޖެހޭކަމަށް މީގެ ކުރިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި ރޭ ދަރުބާރުގޭގައި ބޭއްވި ކޯވިސްޑް-19 އާއި ބެހޭ ނޫސް ކޮންފަރެންސްފައި މާލީ ވަޒީރު އިބްރާހިމް އަމީރުވެސް ވިދާޅުވެފައިވަނީ މިހާރު ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ އެއް ސިނާއަތެއްގެ މައްޗަށް އިޤްތިޞާދު ބަރޯސާ ނުވެ ރާއްޖޭގެ އިޤްތިޞާދުގެ މިސްރާބު ބަދަލުކޮށްލުން ކަމަށެވެ. އެމްއެސްއެސް އިން ގެންނަ ފުރަތަމަ ބޯޓަކީ 20 ފޫޓުގެ 700 ކޮންޓެއިނަރު އުފުއްލޭ ވަރުގެ ބޯޓެއް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު