އިންސާނިއްޔަތުގެ ތާރީހުން ފެންނާނެ އެންމެ ހިތާމަވެރި ހާދިސާއަކީ ނަސްލެއް ނައްތާލާއިރު އެކަން ނުހުއްޓުވުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްރާއިލުން ޣައްޒާގައި ބޮޑު ގަތުލު އާންމެއް ހިންގަމުންދާތީ މިނިސްޓަރު މިއަދު ވަނީ އެކްސްގައި ކަންބޮޑުވުން ފާޅުކުރައްވައި ޕޯސްޓެއް ހިއްސާކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ފަލަޞްޠީނުގެ ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުން މަރައި ނަސްލު ނައްތާލަމުންދަނީ މުޅި ދުނިޔޭގެ އެންމެންގެ ކުރިމަތީގައި ކަމަށެވެ.

އެހެންވެ އެފަދަ ބޮޑު ނަސްލެއް ނައްތާލަމުންދާ އިރު އެކަން ނުހުއްޓުވިދާ ކަމީ އިންސާނިއްޔަތުގެ ތާރީޚުން ފެންނާނެ އެންމެ ހިތާމަވެރި ހާދިސާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ފަލަޞްޠީނުގެ ރައްޔިތުންނަށް ރަޙުމަތް ލައްވާށި. އާމީން." މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.

ފަލަސްތީނުގެ މައްސަލައިގައި އޯއައިސީ އިން މިދިޔަ މާޗު މަހު ބޭއްވި ޖަލްސާގައި މިނިސްޓަރު ވަނީ އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަަތުލު އާންމު ވަގުތުން ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް ގޮވާލައްވައިފަ އެވެ.

އަންނަ މަހުގެ ހަތް ވަނަ ދުވަހަށް އިސްރާއިލުން ފަލަސްތީނުގެމައި ހިންގަމުންދާ ގަތުލު އާންމަށް އެއް އަހަރު ފުރޭނެ އެވެ. ނަމަވެސް އިސްރާއިލުން ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް ނިޝާނެއް ނުފެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން