ދުވާފަރުގެ ނެރު ފުންކުރަން ބޭނުންވާ ތަކެގި އެ ރަށަށް ގެންގޮސްފިއެވެ.

މަސްވެރިކަމުގެ ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ ދުވާފަރުގެ ނެރު ތިލަވުމުގެ ސަބަބުން، އެ ރަށަށް އަރާފޭބުމުގައި ގިނަގުނަ ދަތިތަކާ ކުރިމަތިލާންޖެހިފައިވެއެވެ.

މި މައްސަލަ ހައްލުކުރުމަށް އެ ރަށުގެ ކައުންސިލުން މަހަކަށްވުރެ ގިނަ ދުވަހު ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކޮށް، ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އެކަށީގެންވާ ހައްލެއް ނުލިބޭކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.

އެހެންނަމަވެސް، މި މަހުގެ 11 ވަނަ ދުވަހު ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ މި މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އޭގެ ފަހުން، މިނިސްޓަރު ވިދާޅުވެފައިވަނީ ދުވާފަރުގެ ނެރު ތިލަވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަންގަވައި، އެމްޓީސީސީ މެދުވެރިކޮށް މި މަސައްކަތަށް ބޭނުންވާ އާލާތްތައް މިހާރު ދުވާފަރަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ނެރު ފުންކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް މިނިސްޓަރު އާދަމް ޝަރީފް ކުރިން ވެސް ވިދާޅުވެފައިވާކަން ފާހަގަކުރަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން