ފަގީރު ހާލަތުގައިވާ ތެލެސީމިއާ ކުދިންނަށް ހަރަދު ކުރުމަށް ޒަކާތު ފަންޑުން ދިހަ މިލިއަން ރުފިޔާ ހެލްތު މިނިސްޓްރީއަށް ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ފަގީރުންގެ ތެރޭގައި ބޯންމެރޯ ހެދުމަށް ބޭނުންޖެހިފައިވާ އެކިއެކި ފަރާތްތައް އެބަތިބި ކަމަށާއި ލޭ އަޅާ ކުދިންގެ މައިންބަފައިން ދަތިހާލުގައި އުޅޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޒަކާތު ފަންޑަކީ ހަމައެކަނި ކޭޝް ފައިސާ ބަހަން ބޭނުންކުރާ އެއްޗަކަށްވުރެ ބޮޑަށް ފަގީރު މީހާއަށް ދިމާވާ ދަތިތަކަށް ހައްްލު ހޯދާ އޭނާއަށް އުފާވެރިކަން ގެނެސްދިނުމަކީ ވެސް ފަންޑުގެ މަގްސަދެއް ކަމަށެވެ.

އެގޮތުން މި އަހަރު ދިހަ މިލިއަން ރުފިޔާ ފަގީރު ހާލަތުގައިވާ ތެލެސީމިއާ ކުދިންނަށް ހަރަދުކުރުމަށް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝަހީމް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޒަކާތު ހައުސްގެ ފަރާތުން އެއް ލައްކަ ޑޮލަރު ހަދިޔާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން