ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ހިންދީ ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު ތަރި ޝްރައްދާގެ ފިލްމު "ސްޓްރީ 2" ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ހިންދުސްތާނީ ޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މިވީތަނަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވާ ހިންދީ ފިލްމަކަށް ޝްރައްދާގެ ފިލްމު "ސްޓްރީ 2" ވެފައިވާ ކަމަށް މެޑޮކްސް ފިލްމް އިން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. އަދި ޝާހުރުކް ޚާންގެ ފިލްމު "ޖަވާން" އަށް ލިބުނު އާމްދަނީއަށްވުރެވެސް ބޮޑު އާމްދަނީއެއް މި ފިލްމަށް ލިބިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
އެގޮތުން މި ފިލްމަށް ބޮކްސް އޮފީހުގައި 586 ކްރޯޑް ރުޕީސް ލިބިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. މީގެ ކުރިން މި ލަގަބު ލިބިފައިވާ ފިލްމު "ޖަވާން" އަށް ބޮކްސް އޮފީހުގައި ލިބިފައިވަނީ 582.31 ކްރޯޑް ރުޕީސްގެ އާމްދަނީ އެކެވެ.
އަމަރު ކޯޝިކު ޑައިރެކްޓު ކޮށްފައިވާ މި ފިލްމުގެ މުހިންމު ރޯލުތަކުން ޝްރައްދާގެ އިތުރުން ރާޖްކުމާރު ރާއޯ އާއި އަބިޝެކް ބަންޖަރީ އާއި ޕަންކަޖު ތްރިޕާތީ ފެނިގެންދެއެވެ. އަދި މި ފިލްމުގެ ހާއްސަ ރޯލުތަކަކުން ވަރުން ދަވަން އާއި އަކްޝޭ ކުމާރު ފަދަ މަޝްހޫރު ތަރިން ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު