ވޭލްސްގެ އަމީރާ ކޭޓް މިޑްލްޓަން- ގޫގުލް އިމޭޖެސް
ވޭލްސްގެ އަމީރާ ކޭޓް މިޑްލްޓަން- ގޫގުލް އިމޭޖެސް
އިނގިރޭސި ވިލާތުގެ ވޭލްސް ގެ އަމީރާ ކޭޓް މިޑްލްޓަން ކީމޯ ތެރަޕީ ނެގުމަށްފަހު އަނެއްކާވެސް އޭނާގެ ޝާހީ މަސްއޫލިއްޔަތުތަކާއިގެން ކުރިއަށް ދާން ފަށަައިފި ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ޕިންކްވިލާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ދާދި ފަހުން ކެންސަރު ބަލީގެ ޝިކާރައަކަށްވި ކޭޓް، ކީމޯތެރަޕީ ނަގައި ބައްޔަށް ފަރުވާ ހޯދުމަށްފަހު އަނެއްކާވެސް އެނބުރި އޭނާގެ ޝާހީ މަސްއޫލިއްޔަތުތައް އަދާކުރަން ފަށައިފި ކަމަށެވެ. އެގޮތުން އިއްޔެ ވިންޑްސާ ކާސުލް ގައި ބޭއްވި ބައްދަލުވުމުގައި ކޭޓް ބައިވެރިވެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން ކެންސަރަށް ފަރުވާ ކުރަމުން ދިޔައިރު ކޭޓް އޭނާގެ ޒިންމާތައް އަދާކުރަމުން ދިޔައީ ގޭގައި ހުރެގެން ކަމަށްވެސް ރިޕޯޓުގައި ވެއެވެ. އަންނަ މަހު އޭނާގެ އަހަރީ ކެރޮލް އިވެންޓު ވެބްމިންސްޓާގައި ބާއްވާނެ ކަމަށާއި، ނޮވެމްބަރު 10 ގައި އޮންނަ ހަނދާނީ ހަފްލާގައިވެސް ކޭޓު ބައިވެރިވާނެ ކަމަށް ރިޕޯޓުގައި ވެއެވެ.

ކޭޓު ކެންސަރު ބަލީގެ ޝިކާރައަކަށް ވީކަން ހާމަކޮށް މީޑިއާތަކަށް ހަބަރު ދީފައިވަނީ މިއަހަރުގެ މާޗުގައެވެ. އަދި އޭނާ ކީމޯ ތެރަޕީ ނަގައި ބައްޔަށް ފަރުވާ ހޯދާފައިވާކަން ހާމަ ކޮށްފައިވަނީ މިމަހުގެ ކުރީކޮޅުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން