މަރްޔަމް ނަހްދާ ވަޙީދު   19 ސެޕްޓެމްބަރު 2024 - 0:21
ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ޚާން- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ޚާން- ގޫގުލް އިމޭޖެސް
މީގެ ކުރިން ދުވަހަކުވެސް ކުޅެފައިނުވާ، މުޅިން ތަފާތު އާ ރޯލަކުން ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު އަންނަ އަހަރު ފެންނާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ހިންދީ ސިނަމާއިން އުފައްދާ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ފިލްމުގެ ލީޑުން އަންނަ އަހަރު ކަރީނާ ފެންނާނެ ކަމަށާއި، މި ފިލްމުގައި އޭނާ ކުޅޭނީ މީގެ ކުރިން ދުވަހަކުވެސް ކުޅެފައިނުވާ، މުޅިން ތަފާތު ރޯލެއް ކަމަށެވެ. އަދި އާންމު ގޮތެއްގައި ފިލްމުތަކަށް އާނ ބަސް ބުނަން ކަރީނާ ވަރަށް ފުންކޮށް ވިސްނާ ނަމަވެސް މި ފިލްމުގެ ވާހަކަ ކިޔައިދިނުމާއެކު އެ ރޯލު ކުޅެން އެއްބަސްވެފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މި ފިލްުމުގެ ޝޫޓިން އަންނަ އަހަރު ޖެނުއަރީގައި ފެށޭއިރު، ފިލްމުގެ ޝޫޓުތައް އިންޑިއާ އާއި އަދި ބޭރުގެ އެހެން ގައުމުތަކުގައިވެސް ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި ކަރީނާ އޭނާގެ ޝެޑިއުލް އެއްކޮށް ކްލިއާ ކޮށް، ހުރިހާ ވަގުތެއް މި ފިލްމަށް ހުސްކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

ކަރީނާ ބޮލީވުޑުގެ ފިލްމީ ތަރިއެއްގެ ގޮތުގައި ހަރަކާތްތެރި ވާން ފަށާފައިވަނީ 2000 ގައި ކަމަށްވާއިރު އަންނަ އަހަރު އޭނާ މި ދާއިރާގައި މަސައްކަތް ކުރާތާ 25 އަހަރު ފުރޭނެއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ދާދި ފަހުން ނެރުނު ފިލްމު "ބަކިންހަމް މާޑާސް" އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން