ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން
މިއީ 21 ވަނަ ޤަރުނު ކަމަށާއި މިއަދުވެސް ބީޖެޕީން ދައްކަނީ އިންޑިއާގެ 200 މިލިއަން މުސްލިމުންގެ ހައްޤުތައް ނިގުޅައިގަނެ އެމީހުން ނައްތާލާ ވާހަކަ ކަމަށް ސިފަކުރައްވައި ޕާކިސްތާނުގެ ބޮޑުވަޒީރު އިންޑިޔާގައި ވެރިކަން ކުރާ ބީޖޭޕީގެ ލީޑަރޝިޕަށް ފާޑުވިދާޅުވެއްޖެއެވެ.

ނާޒީން ކަންތައް ކުރި ގޮތުން މިސާލު ޖައްސަވައި އިންޑިޔާގައި ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ، ބީޖޭޕީއަށް ޕާކިސްތާނުގެ ބޮޑުވަޒީރު މިއަދު ފާޑުވިދާޅުވީ އެޕާޓީއަށް ނިސްބަތްވާ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޑޮކްޓަރ ސުބްރަމާނިއަން ސްވާމީ އެޤައުމުގެ މުސްލިމުންނާއި އަދި މުޅި މުސްލިމު އުއްމަތާ ދެކޮޅަށް ފާޅުގައި ވަރަށް ބޮޑަށް ފާޑުކިޔައި ބަދު ބަސްތައް ރައްދު ކޮށް ވާހަކަ ދައްކާފައިވާ ވިޑިއޯއަކާއެކު ކުރެއްވި ޓްވީޓެއްގައެވެ.



އިންޑިއާގެ ސިޓިޒަންޝިޕް ގާނޫނަށް ގެންނަ އިސްލާހުތަކާއި ގުޅިގެން ނޫސްވެރިއަކު ސްވާމީއާއި ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އިންޑިޔާގައި އުޅޭ އެހެން ނަސްލުތަކާއި ދީންތަކުގެ މީހުންނަށް ލިބޭ ހައްޤުތައް އެޤައުމުގައި އުޅޭ މުސްލިމުންނަށް ލިބިދޭން ނުޖެހޭނެ ކަމަށެވެ. މުސްލިމުންނަށް ހަމަހަމަ ހައްގުތައް ދޭން ބޭނުން ނުވަނީ މުސްލިމުން ގިނައިން ދިރިއުޅޭ ޤައުމެއްގައި ވިއްޔާ ހަމަނުޖެހުން އޮންނާނެތީ ކަމުގައި އޭނާ ބުނެފައިވެއެވެ.

ސްވާމީގެ އެވާހަކައަކީ ބައެއްގެ މެދުގައި ރުޅިވެރިކަން އިތުރުވެގެންދާނެ ވާހަކައެއްކަން ނޫސްވެރިއާ ފާހަގަ ކުރުމުންވެސް ތަކުރާރުކޮށް ބީޖޭޕީގެ ޕާލިމެންޓް މެންބަރު ބުނީ އެއްވެސް ޤައުމެއްގައި 30 އިންސައްތައަށްވުރެ މުސްލިމުން ގިނަ ވެއްޖެއްޔާ އެޤައުމެއް އޮންނާނީ ނުރައްކަލަށް ހުށަހެޅިފައި ކަމަށެވެ.

މިކަމަށް ރައްދު ދެއްވައި އިމްރާން ޚާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 21 ވަނަ ގަރުނުގައިވެސް ބީޖޭޕީގެ ލީޑަރޝިޕުން ކަން ކުރަން އުޅެނީ ނާޒީން ކަންކުރަން އުޅުނު ގޮތަށް ކަމަށެވެ.

ސްވާމީއަކީ ވަރަށް ފާޅުގައި އަބަދުވެސް މުސްލިމުންނާމެދު ބީޖޭޕީން ގެންގުޅޭ ސިޔާސަތު މީޑިޔާގައާއި ޤާނޫނުހަދާ މަޖިލީހުގައިވެސް ހާމަކޮށް އަޑުއުފުލަމުން ގެންދާ މީހެކެވެ. އިންޑިޔާގެ ސިޓިޒަންޝިޕް ގާނޫނަށް އިސްލާހުގެނައުމަށް ބީޖޭޕީން ހުށައެޅުމާއެކު އިންޑިއާގެ މުސްލިމުންނަށް ފާޅުގައި ވަރަށް ބޮޑެތި އަނިޔާތައް ދީ ގޯނާ ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން