ކުނި މޭނޭޖުކުރަން ބޭނުންވާ ވަސީލަތްތައް އެކި ރަށްތަކާ ހަވާލުކޮށްފި އެވެ.

މިއީ ކުނި މެނޭޖްކުރުމުގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓެނެވިގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި އެންވަޔަރަމަންޓް މިނިސްޓްރީއާއި އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކާއި އަދި ޖަޕާނުގެ އެހީގައި ހިންގާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ހަވާލުކުރި ތަކެތި ކަމަށް އެންވަޔަރަަމަންޓް މިނިސްޓްރީން ބުނެއެވެ.

ހަވާލުކުރެވުނު ވަސީލަތްތަކަކީ ކުނި މެނޭޖްކުރުމުގެ ޤާނޫން އަދި މަގޭސާފުރާއްޖެ ސިޔާސަތާއި ސްޓްރެޖީތަކާއި އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޒަމާނީ ފެންވަރަކަށް ކުނިމެނޭޖްކުރުމުގެ ވަކި މިންގަޑަކަށް ފެއްތުމުގެ ދަށުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަވާލުކުރެވުނު ވަސީލަތްތައް ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ޒޯން 3ގައި ހިމެނޭ އއ، އދ، ވ، އަދި ކ. އަތޮޅުގެ 18 ރަށަކަށް ކުނިއުފުލަން ބޭނުންކުރެވޭ ޑަމްޕް ޓްރަކް ގެންގޮސް ކުނި އެއްކުރަން ބޭނުންކުރާ ބިން އަދި ކުނިރައްކާތެރި ގޮތުގައި ގުދަންކުރުމަށް ބޭނުންކުރާނެ ބޭލިން މެޝިން ވެސް 15 ރަށަކާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ ތަކެތި ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްދެއްވި ސާފުރާއްޖެ ބިލްޑިންގް ގެ ސެމިނަރ ރޫމްގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން