ބަންޑާރަ ނައިބު އަހުމަދު އުޝާމް އާ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފާ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ.
އެ ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު އެޓާނީ ޖެެނެރަލްގެ އޮފީހުގަ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އެ ބައްދަލުވުމުގައި ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގެ ޒިންމާތައް އަދާކުރެއްވުމުގައި، ތެދުވެރިކަމާއެކު ދެމިހުންނެވުމަށް އެދި އުޝާމް އައްބާސްއަށް ހިތްވަރު ދެއްވެވި ކަމަށް ވެސް ބުނެފައި ވެއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްބާސް އައްޔަނުކުރެއްވީ އިއްޔެ އެވެ.
އައްބާސްއަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށް ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު