ސަލްމާން ޚާން އާއި ސާލިމް ޚާން- ގޫގުލް އިމޭޖެސް
ސަލްމާން ޚާން އާއި ސާލިމް ޚާން- ގޫގުލް އިމޭޖެސް
ބޮލީވުޑް ބްލޮކްބަސްޓަރު ސަލްމާން ޚާންގެ ބައްޕަ ސާލިމް ޚާން އަށް އިންޒާރު ދިން މައްސަލައެއް ބަލަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައު ބުނެފައިވަނީ ސާލިމް ޚާން ހެނދުނު ހިނގާލަން ގޮސް ހުއްޓާ ފިރިހެނަކާއެކު ސައިކަލެއްގައި ދިޔަ އަންހެނަކު އައިސް އޭނާ ކައިރީ މަޑުކޮށްލުމަށްފަހު އޭނާއަށް އިންޒާރު ދީފައިވާ ކަމަށެވެ. އެގޮތުން އެމީހުންވަނީ އިންޒާރު ދިނުމުގެ ގޮތުން ސަލްމާން ޚާން އަށް ހަމަލާ ދިން ލޮރެންސް ބިޝްނޯއި ގެ ނަން ބޭނުން ކޮށްފައި ވާކަމަށް ރިޕޯޓުގައި ވެއެވެ.

އަދި މުމްބާއީގެ ބަންޑްރާގެ ފުލުހުން މިހާރު މިމައްސަލަ ބަލަމުންދާ ކަމަށާއި، އިންޒާރު ދިނުމުގައި ބައިވެރިވު ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓުގައި ވެއެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި މިއީ ބަޔަކު މީހުން މަޖަލަކަށް ހަދާފައި ރޭވި ރޭވުމެކެވެ. ނަމަވެސް މީގެ ކުރިން ސަލްމާން ގެ އާއިލާއަށް މިފަދަ އިންޒާރުތައް އައިސްފައިވާތީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށް ރިޕޯޓުގައި ވެއެވެ.

މިއަހަރު އެޕްރިލް މަހު 14 ގައި ބަންޑްރާގައި ސަލްމާން ދިރިއުޅެމުން އަންނަ އެޕާޓްމެންޓު ކަމަށްވާ ގެލެކްސީ އެޕާޓްމެންޓު އަށްވެސް ސައިކަލެއްގައި ދިޔަ ބަޔަކު ވަނީ ބަޑީގެ ހަމަލާތަކެއް ދީފައެވެ. މިހާދިޘާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވީނަމަވެސް ސަލްމާން އާއި އޭނާގެ އާއިލާއަށް ގެއްލުން ދޭން އުޅޭ ބަޔަކު އުޅޭކަން ވަނީ އެނގިފައެވެ. މި ހާދިޘާއާއި ގުޅިގެން ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ލޮރެންސް ބިޝްނޮއި ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން