މަރްޔަމް ނަހްދާ ވަޙީދު   20 ސެޕްޓެމްބަރު 2024 - 0:23
އަބިޝެކް ބައްޗަން- ގޫގުލް އިމޭޖެސް
އަބިޝެކް ބައްޗަން- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަބިޝެކް ބައްޗަން ލަގްޒަރީ އެޕާޓްމެންޓެއް ގަނެފި ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮމްބޭ ޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އަބިޝެކް ބައްޗަން މުމްބާއީގެ ޖޫހޫ އިން ލަގްޒަރީ އެޕާޓްމެންޓެއް ގަނެފައިވާ ކަމަށާއި، މި އެޕާޓްމެންޓަކީ އޭނާގެ ބައްޕަ އަމީތާބުގެ އެޕާޓްމެންޓު ކައިރިން ގަނެފައިވާ ތަނެއް ކަމަށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި އެޕާޓްމެންޓުން ޖޫހޫ ބީޗް ވަރަށް ރީއްޗަށް ފެނެއެވެ.

މީގެ އިތުރުން މި ސަރަހައްދުގައި އެ އާއިލާއިން ގަނެފައިވާ ވަރަށް ގިނަ އިމާރާތްތައް ހިމެނޭ ކަމަށްވެސް ރިޕޯޓުގައި ވެއެވެ. އެގޮތުން މި ސަރަހައްދުގައި އެމީހުންނަށް ނިސްބަތްވާ ފަސް ބަންގަލޯ އާއި އަލަތް ހަދާފައިވާ އިމާރާތްތަކުގެ އެޕާޓްމެންޓުތަކެއް ހިމެނޭ ކަމަށް ރިޕޯޓުގައި ވެއެވެ.

އަބިޝެކް އަކީ އެތައް ބައެއްގެ މަގުބޫލުކަން ލިބިފައިވާ ތަރިއެކެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން ދަނީއޭނާގެ ކުރިއަށް އޮތް ފިލްމު "ހައުސްފުލް 5" ގެ ތައްޔާރީތައް ވުމުގައެވެ. މި ފިލްމަކީ ބޮލީވުޑްގެ ނަން މަޝްހޫރު ތަރިން ހިމެނޭ ގޮތަށް އުފައްދާ ފިލްމަކަށް ވީއިރު އޭގެ ތެރޭގައި އަކްޝޭ ކުމާރު އާއި އަނިލް ކަޕޫރު ފަދަ ތަރިން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން