ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމު އިސްކުރައްވާތީ އެމަނިކުފާނަށް އޮންނަ އިތުބާރު އެތައް ގުނައަކަށް އިތުރުވަމުންދާ ކަމަށް ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހުންނެވީ އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކްގަ އެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް މިއަދު އެކްސްގައި ވިދާޅުވީ އދ ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ގެންދަވަނީ ދިވެހި ގައުމު ފަހުރުވެރިވާ މިންވަރަށް ރާއްޖެ ތަމްސީލުކޮށްދެއްވައި ދިވެހިންގެ އަޑު އުފުއްލަވަމުން ކަމަށެވެ.

ހަމަ އެހެންމެ ރާއްޖޭގެ މަސްލަހަތާއި ދިވެހީންގެ އިހުސާސްތަކާއި ވިންދާއި އެއްގޮތަށް، ދިވެހި ގައުމު ރައީސް އިސްކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"[އޭގެ] ސަބަބުން ރައީސް މުއިއްޒަށް އޮންނަ އިތުބާރާއި ޔަގީންކަން އެތައް ގުނައަކުން އިތުރުވޭ." މިނިސްޓަރު ވިދާޅުވި އެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ ތަގުރީރުތަކުގެ އެންމެ ހާއްސަ އެއް ކަމަކީ ގައުމިއްޔަތު ބިނާކުރެއްވުމަށް ދެއްވާ ސަމާލުކަމާއި އަހައްމިއްޔަތުކަން ކަމަށެވެ.

ރައީސް މުއިއްޒު އެމެރިކާއަށް ފުރާވަޑައިގަންނަވަމުން އެމަނިކުފާނު ވިދާޅުވީ އެ ދަތުރުފުޅަކީ ނަތީޖާ ނެރެދެއްވާނެ ދަތުރުފުޅަކަށް ވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ތިމާވެއްޓާ ތަރައްގީ ފަދަ ކަންކަމާ ގުޅޭ ގޮތުން އދ. ގައި ވާހަކަފުޅު ދައްކަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން