ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި އެންމެ ކުރީގައި އުޅުއްވާ އަނޫރާ ކުމާރާ ޑިސެނަޔެކައަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް މަރުހަބާ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ކުރީގައި އުޅުއްވާ ސްރީލަންކާގެ ނެޝެނަލް ޕީޕަލްސް ޕަވާގެ ކެނޑިޑޭޓް އަނޫރާ ކުމާރާ ޑިސެނަޔެކަ އަށް ޖުމްހޫރީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީގުގެ މާމިގީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ލަންކާގެ ރިޔާސީ އިންތިހާބުގައި އަނޫރާ އަށް ލިބިވަޑައިގެންނެވި ފާހަގަކޮށްލެވޭ ކާމިޔާބީއަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށާއި އަނޫރާގެ (ރައީސް ކަމުގެ) ދައުރުގައި ލަންކާގެ ރައްޔިތުންނަށް ހަމަޖެހުމާއި ތަރައްޤީއާއި ތަނަވަސްކަމުން ފުރިފައިވާ މުސްތަޤްބަލެއް ލިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

”ރާއްޖެއާ ސްރީލަންކާ އާ ދެމެދު ޒަމާނުއްސުރެ އޮތް، ހެޔޮ ގުޅުން ދެމިއޮވެ، ކުރިއަރާނެ ކަމަށް އުންމީދު ކުރަން.“ ގާސިމްގެ މެސެޖުގައި ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި މިހާތަނަށް ގުނި ވޯޓުތަކުން ބޮޑު ތަފާތަކުން އެންމެ ކުރީގައި އުޅުއްވަނީ އަނޫރާއެވެ. އެގޮތުން މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ތެރެއިން ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އަނޫރާ އެއްވަނައިގައި އޮތީ 796،941 ވޯޓު (%49) ހޯއްދަވައިގެންނެވެ. އަނޫރާ އާ އެންމެ ކައިރިން ވާދަކުރައްވާ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ އަށް ލިބިވަޑައިގަތީ 412،845 (%25.78) ވޯޓެވެ. ލަންކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމްސިންހަ އޮތީ ތިން ވަނައިގައެވެ. އޭނާ އަށް 262،057 (%16.37) ވޯޓު ލިބިވަޑައިގެންފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން