ރ. އަތޮޅު ކައުންސިލްގެ މާލިއްޔަތު ބެލެއްޓުމުގައި ސީރިއަސް ގޯސްތަކެއް ހަދާފައިވާކަން ހާމަވެއްޖެ އެވެ.
އޮޑިޓް އޮފީހުން އާންމުކުރި އޮޑިޓް ރިޕޯޓްގައި އެ ކައުންސިލުން މާލިއްޔަތު ބެލެހެއްޓުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން އެއްކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ރ. އަތޮޅު ކައުންސިލްގެ އިދާރާއަށް ފައިސާ ލިބޭ ކަންތައްތަކުގެ ރޭޓްތަކަށް އައިސްފައިވާ ބަދަލުތަކާއި އެއްގޮތަށް ފައިސާ ލިބޭ ކަންތައްތަކުގެ ދަފްތަރު އަދުާ ހަމަކޮށްފައި ނުވުމެވެ. އަދި ރ. އަތޮޅު ކައުންސިލުގެ އިދާރާއަށް ފައިސާ ލިބޭ ބައެއް ކަންތައްތަކުގެ ތަފްސީލްތައް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ފައިސާ ލިބޭ ކަންތައްތަކުގެ
ދަފްތަރުގައި ހިމަނާފައިނުވާކަމަށް ވެސް ބުނެފައި ވެއެވެ.
ކައުންސިލުން ދެން ހެދި ގޯހެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އަނެއް މައްސަލައަކީ އެ ކައުންސިލުން 2021 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ތިޖޫރީ ބާކީ އަދި ތިޖޫރީ ރިޕޯޓުު ތައްޔާރުކުރަމުން ގެންގޮސްފައި ނުވުމެވެ.
"ތިޖޫރީގައި ބަހައްޓުާ ފައިސާއާ ގުޅޭގޮތުން ގާއިމުކުރަންޖެހޭ އިންޓާނަލް ކޮންޓްރޯލްތައް އެކަށީގެންވުާ ގޮތެއްގައި ތަންފީޒު ނުކުރެވޭނަމަ އަމިއްލަ މަންފާއަށް ފައިސާ ބޭނުން ކުރުމަށް މަގުފަހިވުމުގެ އިތުރުން ތިޖޫރީން ފައިސާ މަދުވިޔަސް އެކަން ފާހަގަ ނުކުރެވި ގިނަ ދުވަސްތަކެއް ފާއިތުވެ ކައުންސިލަށް މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ." އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.
އޭގެ އިތުުރުން ރ. އަތޮޅު ކައުންސިލް އިދާރާގެ ނަމުގައި ހުޅުވާފައިވާ ހަތަރު ބޭންކް އެކައުންޓް، އިދާރާގެ އެކައުންޓް ބާކީ ފޮތާ ދިމާކޮށް ކޮންމެ މަހަކު ތައްޔާރުކުރަން ޖެހޭ ރިކޮންސިލިއޭޝަން ސްޓޭޓްމަންޓްތައް ތައްޔާރުކޮށް ބަލަހައްޓާފައި ނުވާކަން ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
"ކައުންސިލްގެ އިދާރާގެ ފައިސާގެ ހިސާބުތައް ދިމާކޮށް ރިކޮންސައިލް ނުކުރާނަމ،ަ ބޭންކްގެ ބާކީ އާއި ކައުންސިލްގެ އިދާރާގެ ހިސާބުތަކުން ދައްކާ ބާކީގެ ތެރެއިން ސައްހަ އަދަދަކީ ކޮބައިކަން ދެނެގަތުމަށް އުނދަގޫވުމާއި ލިބުނު ފައިސާ ހަމައަށް ބޭންކަށް ޖަމާކޮށްފައިވާ ކަމާއި ޖަމާ ކުރި ފައިސާއާއި ހަރަދު ކުރެވުނު ފައިސާ ރަނގަޅަށް ހިސާބުތަކުގައި ހިމެނިފައިވާކަން ކަށަވަރުކުރުމަށް އިތުރު ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ." އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.
އޮޑިޓް ރިޕޯޓްގައި ދެން ފާހަގަކޮށްފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި ހަރުމުދަލުގެ ރަޖިސްޓްރީ އަދާހަމަކޮށް ބަލަހައްޓާފައި ނުވުމާއި ކައުންސިލްގެ ސްޓޮކް ބާކީ އަދާ ހަމަކޮށް ގަވާއިދުން ބަލަހައްޓާފައި ނުވުން ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު