ރައީސް މުއިއްޒު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުން ކުރިއަށް ދިޔައީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ފަލަސްތީނުގެ މީހުން އަޅާ "ކޫފިއްޔާ"ގެ ކުޑަ ސްކާފެއް ވެސް އަޅުއްވައިގެން އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ހުންނެވި އިރު ހުރިހާ ގޮތަކަށް ވެސް ވެދެންވެން އޮތް އެހީ ފަަލަސްތީނަށް ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެގޮތުން ބަައިނަލްއަގުވާމީ ގޮތުން ފަަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަންނަން ކުރާ މަސައްކަތަށް ވެސް ރާއްޖެއިން އެހީތެރިވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
އެ ބައްދަލުވުމުގައި ފަަލަސްތީނުގެ ރައީސް ވިދާޅުވީ ރާއްޖެއިން ފަލަސްތީނަށް އަބަދުވެސް ތާއިދުކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި އަދި އެކަަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ފަަލަސްތީނުގެ ރައީސް އިތުރަށް ވިދާޅުވީ ހަނގުރާމަ ހުއްޓާލަން ފަަލަސްތީނުން ގޮވާލަނީ އެ މީހުންނަކީ ވެސް އިންސާނުން ކަމަށްވާތީ ކަމަށެވެ.
އެ ބައްދަލުވުމުގައި ދެ ބޭފުޅުންވެސް ވަނީ ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާވެސް ކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު