ގެސްޓު ހައުސްއަށް ވައްދައި ފޭރުނު މައްސަލައިގައި ހައްޔަރުކުރި އިކްލީލް އިބްރާހިމް، ގއ. ކަނޑުހުޅުދޫ / ވިދާތަރި (41 އަހަރު.)ގެ ބޮލުގައި ޓިއުމަރެއް ހުރިތޯ ފުލުހުން ބަލަން ފަށައިފި އެވެ.

އިކްލީލް ފޭރުމުގެ އަަމަލު ހިންގާފައިވަނީ އެހެން އަންހެނެއް ކަމަށްވާ ސ. މަރަދޫ، ކުންނާރުގެ، އައިޝަތު މަލްޖާ މޫސާ ދީދީ (27އ) އާއި ގުޅިގެން ނެވެ. މަލްޖާއަކީ ފިރިހެނުން ހައްދައިގެން ގެސްޓު ހައުސްއަށް ވެއްދި މީހާ އެވެެ.

ގެސްޓު ހައުސްއަށް ވެއްދި ހިސާބުން ދެން އިކްލީލް ވަނީ އެމީހާއަށް ވަޅިން ބިރުދައްކައި، ބޭންކް އެޕްލިކޭޝަން މެދުވެރިކޮށް އަދި ކޭޝްކާޑް މެދުވެރިކޮށް 53،000 ރުފިޔާ ފޭރިގެންފަ އެވެ.

އެ މައްސަލައިގައި އިކްލީލް ހައްޔަރުކުރީ މި މަހުގެ ހަތް ވަަނަ ދުވަހު އެވެ. އަދި ބަންދަށް 15 ދުވަސް ޖެހިއިރު އިއްޔެއަށް ބަންދުގެ މުއްދަތު ހަމަވާތީ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ.

އަދި ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް އިއްޔެ ޖަހައިދީފަ އެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައި ބުނީ އިކްލީލްގެ ބްރެއިން ޓިއުމަރެއް ހުންނަ ކަމަށް ބުނާތީ އެކަން ބަލަން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރަށް މިހާރު އަންގާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން