އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ލުބުނާނުގައި ރައްކާތެރި އެއްވެސް ސަރަހައްދެއް ނެތް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ނިރުބަވެރި އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ލުބުނާނުގައި މިހާރު ރައްކާތެރި އެއްވެސް ސަރަހައްދެއް ނެތް ކަމަށް އެގައުމުގެ އޮފިޝަލުންނާ ހަވާލަދީ ބޭރުގެ މީޑިޔާ ރިޕޯޓްތަކުން ބުނެފިއެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ލުބުނާނުގެ ހުރިހާ ހިސާބަކަށްވެސް އިސްރާއީލުގެ ވަރުގަދަ ބޮމުގެ ހަމަލާތައް އަމާޒުވެފައިވާއިރު މިހާތަކަށް 50 ކުޑަކުދިން ހިމެނޭ ގޮތަށް 569 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ރައްކާތެރިކަން ހޯދާނެ ތަނެއް ނޭނގި ދިހަހާސް މީހުން ލުބުނާން ދޫކޮށް ހިޖުރަކޮށްފައިވާ ކަމަށްވެސް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ޔަހޫދީ އިސްރާއީލުން ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ހަމަލާއެއްގައި ހިޒްބުالله ގެ ވަރަށް އިސް ކޮމާންޑަރަކު މަރާލާފައިވާ ކަމަށް ހިޒްބުالله އިން ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން އިސްރާއީލުގެ މި ހަމަލާގައި ޝަހީދުވީ ސީނިއާ ލީޑަރު އިބްރާހިމް މުހައްމަދު ޤުބައިސީ ކަމަވެސް ހިޒްބުالله އިން ވަނީ ބުނެފައެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 41،467 މީހުން ޝަހީދުވެ 95،921 މީހުން ޒަޚަމްވެފައިވެއެވެ. އިސްރާއީލުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،139 އަށް އަރާފައިވާއިރު، 200 އަށް ވުރެ ގިނަ މީހުން ވަނީ ރަހީނުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން