ސިވިލް ސަރވިސް މުވައްޒަފުން ތަމްރީން ޕްރޮގްރާމެއްގައި
ސިވިލް ސަރވިސް މުވައްޒަފުން ތަމްރީން ޕްރޮގްރާމެއްގައި
ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ސިވިލް ސަރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލްގައި ހިމަނައިފިއެވެ.

ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ 204 ސިވިލް ސާވަންޓުން ވަނީ ވަޒީފާ އިން ސަސްޕެންޑްވެފައެވެ. އެހެން ނަމަވެސް ކޯވިޑް-19 ގެ ސަބަބުން އިންތިޚާބު ފަސްވެފައި ވުމާއެކު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ލޯކަލް ކައުންސިލްތަކުގެ ޚާއްސަ ގާނޫނު 2020" ގައި ބުނެފައި ވަނީ އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާ އެކު އިންތިހާބަށް ސިވިލް ސަރވިސް މުވައްޒަފުން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާތިލްވާނެ ކަމަށެވެ. "ސަސްޕެންޝަން ބާތިލްވުމާ އެކު އެ މާއްދާގައި ބަޔާންކުރާ ސިވިލް ސާވިސްގެ މުވައްޒަފުން، އެ މީހުން ކުރިން ތިބި މަގާމަށް އަނބުރާ ރުޖޫއަވީ އެވެ،" ބިލުގައި ވެއެވެ.

މި ބިލްގައި ވާގޮތުން، ސަސްޕެންޝަން ބާތިލްކުރާ މުވައްޒަފުން، އަލުން ސަސްޕެންޑްކުރާނީ އިންތިޚާބު އަލުން ފެށުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރާ ތާރީޚުން ފެށިގެންނެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލްގައި ވަނީ އަންނަ ޖެނުއަރީ 6 ގެ ކުރިން އިންތިޚާބު ބޭއްވުމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން އިންތިޚާބުކުރާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން