ރައީސް ޑރ، މުހައްމަދު މުޢިއްޒު އަވަހާރަކޮށްލަން މީސްމީޑިއާގައި މީހަކު ގޮވާލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ޖުމްހޫރީ ޕާޓީއާއި އެމްޑީއޭ އިން ވެސް ގޮވާލައިފިއެވެ.

އެ ދެ ޕާޓީއިން ވެސް މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައީސްގެ ފުރާނަފުޅަށް ނުރައްކާވާފަދަ އިންޒާރެއް މީސްމީޑިއާގައި ދިން މައްސަލައަކީ އެ ޕާޓީތަކުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއްކަމަށެވެ. އަދި އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކި މިކަމާއި ގުޅޭ ފުރިހަމަ ހަރުދަނާ ތަހުގީގެއް ހިންގައި މައްސަލައިގެ އަސްލަށް ވާސިލުވުމަށް ގާނޫނު ތަންފީޒުކުރާ އެންމެހައި އިދާރާތަކަށް ވަނީ ގޮވާލާފައެވެ.

އަދި ސަލާމަތީ ހިދުމަތްތަކުން އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވެސް އެ ދެ ޕާޓީއިން ވަނީ ގޮވާލާފައެވެ.

ރައީސްއަށް އިންޒާރުދީފައިވަނީ، އެމަނިކުފާނު އދ. ގައި ތަގުރީރު ކުރައްވަން ހުންނެވި ފޮޓޯއަކަށް މީހަކު ފޭސްބުކް ގައި ކުރި ކޮމެންޓެއްގައެވެ. އެ މައްސަލާގައި ފުލުހުން މިހާރު ވަނީ ސީރިއަސް ތަހުގީގެއް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން