ކޯވިޑް19 އާއި ގުޅިގެން ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުގެ އިދާރާތަކުން ގުޅިގެން ކުރި މުއާމަލާތްތަކުގައި ކޯލިޝަންގެ ވަޒީރުންނަށް ބޮޑެތި ތުހުމަތުތަކެެއްކޮށް މަޤާމުން ވަކިކުރުމަކީ ކޯލިޝަން ރޫޅާލުމަށް ޖަހަމުންދާ ވަރަށްބޮޑު މަޅިއެއްކަަމުގައި ސިޔާސީ މަސްރަހު ދިރާސާކުރައްވާ ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ. އެއީ މުޅިއަކުން ދޮގެއް ނޫން ކަމަށް މިހާރުވެސް ގަބޫލުކުރެވެއެވެ. މަޅިއަކަށް ފަހު މަޅިއެއް މަހަމުން ގޮސް އެންމެ ފަހުން ވައްޓާލި މަޅި ގޮސް މެހުނީ ހެލްތު މިނިސްޓަރ އަމީންގެ ކަރަށެވެ. ހަމަ ވެއްޓުމާއެކު މަޅި ބާރުކޮށްލެއްވީ އޮޑިޓަރ ޖެނެރަލްއެވެ.

ކޯވިޑް-19 އާއި ގުޅިގެން ކުރެވުނު ޚަރަދުތަކާއި ހޭދަތަކާއި، މަސައްކަތްތަކަކީ މިއަދު ކޯލިޝަން ރޫޅާލުމުގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވަނީ ހަދާފައެވެ. އޯޑިޓާ ޖެނެރަލް ނެރުއްވާފައިވާ ހެލްތު މިނިސްޓްރީއާއި، ޓުވަރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓަށް ބަލާއިރު އެދެރިޕޯޓްގައިވެސް ބޮޑެތި ޚިޔާނާތްތަކެެއް ހުރިކަން ހާމަވެއެވެ. އެތަކެެއް މިލިޔަނުން ފައިސާ ޚަރަދުކުރެވިފައިވާއިރު، އެހަރަދުތައް ވަނީ ހުސް ކަރުދާސް ޚަރަދަށް ވެފައެވެ. މިއީ ރާއްޖެއަށް އިގްތިޞާދީ ގޮތުން ކުރިމަތިވެފައިވާ މި ދަތި އުނދަގޫ ހާލަތުގައި އެއްވެސް ރަހުމެއް ކުލުނެއް ގައުމީ ލޯބީގެ ޒައްރެއްގެ މިންވަރުވެސް ހިތުގައި ނެތް ވަރަށް ނާތަހުޒީބު ވިސްނުމުގެ ބަޔަކު ކޮށްފައިވާ ހަޑި ހުތުރު އަމަލެކެވެ.

މި މުއާމާލާތްތަކުން، ޚާއްސަކޮށް އޮޑިޓް ރިޕޯޓްތަކުން ވަރަށް ގިނަ ކަންކަން ރައްޔިތުންނަށް ވަނީ އޮޅުން ފިލާފައެވެ. އަދި މިކަމުގައި އޮޑިޓާ ޖެނެރަލް އާއި މަޖިލީހުގެ ބައެއް މެމްބަރުން ފާޅުގައި ވަކި ބަޔަކު ހިމާޔާތްކޮށް ވަކިބަޔަކު ސިޔާސީގޮތުން "ކަތިލަން" ހިފާފައިވާ މަންޒަރު މީގެތެރެއިން ވަރަށް ބޮޑަށް ދަނީ ފެންނަމުންވެ. ހެލްތު މިނިސްޓްްރީގެ އޮޑިޓް ރިޕޯޓަށް އެކަނި ބަލައިލުމުން މިކަން ވަރަށް ސާފުކޮށް، ރީތިކޮށް ހާމަވެއެވެ. އޮޑިޓް ރިޕޯޓްގައި ރާއްޖެއަށް ގެނައުމަށް ޑުބާއީގެ ކުންފުންޏަކާއި ހަވާލުކުރި 75 ވެންޓިލޭޓަރު ހަވާލުކުރުމުގައި ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީއާއި، ފައިނޭންޝަން ކޮންޓްރޯލާގެ އިހުމާލުވުން ބޮޑުކަމަށް ތަކުރާރުކޮށް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފައެވެ. އެކަމަކު ފައިސާ ޚަރަދު ކުރަން ހުއްދަ ދެއްވި ފިނޭންސް މިނިސްޓަރ އަމީރު ވަނީ ހަމަ ހުދު ކާފޫރަށެވެ.

މިހާހިސާބުން ކުއްލިއަކަށް ހަދާނަށް އަންނަނީ، މަންޒަރު ކުރެވެނީ ރައީސް ނަޝީދު ވިދާޅުވާ ގޮތަށް ދިވެހީންގެ ލެއާއި ގުޅިފައިވާ ދަރޭއާއި އަމީތާބާއި ކާދަރު ޚާނާއި ބިސްވަޖީތާއި ޑެނީ ފަދަ ތަރިން އުޅޭ ހިންދުސްތާން ފިލްމީ މަންޒަރެކެވެ. މި މަންޒަރުގައި ފެންނަނީ އެގައުމުގެ އޮޑިޓަރ ޖެނެރަލް ބޮޑު މަޖިލީހަށް ހާޒިރު ކޮށްފައި އިންނަވާ ތަނެވެ. އޭރު އޭނާގެ އަޚު ހުންނަނީ ދައުލަތުގެ ބޮޑު ކުންފުންޏެއްގެ ފައިސާގަނޑު "ދަވާލައިގެން" އެ ތުުހުމަތުގައި ހައްޔަރު ކޮށްފައެވެ. އޮޑިޓަ ޖެނެރަލް ހާޒިރުކޮށް ސުވާލު ކުރާއިރު ހަނދާނަށް އަންނަނީ އެތަނަށް އައުމުގެ ކުރިން އޭނާއަށް ލިބުނު ފޯނު ކޯލުގެ މަތީންނެވެ. "އެނޫން ގޮތަކަށް ބުނެފިއްޔާ" ކޮއްކޮ ކުޑަގޮޅިއަށް ގެންގޮސް އަލުން އިތުރު ޝަރީއަތްތައް އުފުލާނެ ވާހަކައެވެ. ކޮއްކޮއަށް އެގޮތުގައި ހުރެވެން އައީ އެމީހުން ބޭނުންވާ ގޮތަށް އެވާހަކަ ދައްކައިގެން ކަމަށް ވާތީ އަޅައަޅައިގެންފައި، ތުރުތުރު އަޅާހާލު، އެމީހުން ބޭނުންވާ ގޮތަށް އެފަކީރު އެވާހަކަ ކިޔައިދިނީއެވެ. ނަމަވެސް އެވާހަކަ ކިޔައިދީފައި ނުކުންނަ ތަނުން އޭނާގެ ދުވަސް ދުއްވާލަނީއެވެ. އެއީ ހަމަ ފިލްމުގެ ނުބައިބައިގެ ރޭވުން އޮންނަ ގޮތެވެ.

އެއްގޮތަކަށް ވެސް ދަންނަވަން މިއުޅެނީ މިގައުމުގެ އޮޑިޓަރ ޖެނެރަލް ޒިޔަތު އެގޮތަށްކަން ކުރެއްވި ވާހަކައެއް ނޫނެވެ. އެކަމަކު އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ފިނޭންސް މިނިސްޓަރުގެ އެއްވެސް އަތެއް ވެންޓިލޭޓަރގެ ކޮރަޕްޝަންގައި ނެތް ކަމަށެވެ. އެއްވެސް ތަހުގީގަކާއި ނުލައި އޮޑިޓަރ ޖެނެރަލް ނިންމެވި މި ނިންމެވުމަކީ އޭގައި ސުވާލު އުފެދޭ އަދި ސުވާލު އުފައްދާނެ އެތައް ކަމެއް ހިމެނޭ ނިންމުމެކެވެ.

އޮޑިޓް ރިޕޯޓަށް ބަލައިލުމުން ހެލްތު މިނިސްޓްރީގެ މިތަކެތި ގެނައުމަށް އެގްރިމަންޓް ކޮށްފައިވަނީ ދައުލަތުގެ އެޓާނީ ޖެނެރަލް އޮފީހުގެ ހުއްދައާއިއެކުކަން ހާމަވެއެވެ. އަދި މިކަމުގައި ފައިސާދޫކޮރުމަށް މާލިއްޔަތު ގަވާއިދުގައިވާ އެޑްވާންސް ފައިސާ ދިނުމާއި ގުޅޭ މާއްދާގެ ދަށުން ފައިސާ ދިނުމަށް ހުއްދަ ދެއްވައި ސިޓީގައި ސޮއިކުރައްވާފައިވަނީ ފިނޭންސް މިނިސްޓަރ އަމީރެވެ. ހަމަ ގައިމުވެސް އަމީރުވެސް އެ ހުއްދައެއް ދެއްވާނީ އެކޮޅާއި މިކޮޅު ބައްލަވައި ކޮންމެވެސް އެއްޗެއް އެނގިވަޑައިގެން "ހަމައިގައި" އިންނަވައިގެން ކަމަށް ބެލެވެއެވެ. އެކަމަކު އޮޑިޓަރ ޖެނެރަލަށް މިކަންކަން ރަނގަޅިއްޔާ ދެން ދައްކާނެ ވާހަކައެއް ނެތީމާ އެވާހަކަ ހުއްޓާލީއެވެ.

ވެންޓިލޭޓަރުގެ އެޑްވާންސް ފައިސާގެ ގޮތުގައި މުޅި އަގުގެ 90 އިންސައްތައަށްވާ ފައިސާ ކުންފުޏާއި ހަވާލުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ ފުރިހަމަ ތާއީދާއިއެކުގައިކަން ރިޕޯޓުން ހާމަވެއެވެ. އަދި މިކަމުގައި ހެލްތު މިނިސްޓްރީން ބަލަންޖެހޭ ކަންކަން ނުބެލުމާއި އަދާކުރަންޖެހޭ ޒިންމާ އަދާނުކުރާކަމަށްވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވަނީ މީގައި އެންމެބޮޑު މައްސަލައަކީ ޑަބްލިޔޫ އެޗް އޯ މީގެ މެދުވެރިޔަކަށް ވައްދާތީކަމަށެވެ. ވެންޓިލޭޓަރުގެ ވާހަކަ ކުރިން ދެއްކި ބޭފުޅުން ދެއްކެވިއިރުވެސް އޮޑިޓަރ ޖެނެރަލް އެވިދާޅުވާ ޑަބްލިޔޫ އެޗް އޯގެ ވާހަކަ މީގެ ތެރެއަށް ވަދެއެވެ. އެކި ބޭފުޅުންގެ ރަޢުޔަށް ބަލާއިރު އެ ޖަމިއްޔާގެ ނަން ނައިސް މި ޑުބާއީ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުގެ ވާހަކައެއް ނުދައްކައެވެ.

ކޯވިޑް-19އާއި ގުޅިގެން ދައުލަތުން ބޮޑު ހޭދަތަކެއް ވަނީ ކޮށްފައެވެ. ޤަވާއިދުން ކަމުގައިވިޔަސް އަދި ނުގަވާއިދުން ކަމުގައި ވީނަމަވެސް ކޮށްފައިވާ ޚަރަދުތަކަކީ މިއަދު ސިޔާސީ ގޮތުން ސަރުކާރުގެ ތެރޭގައި އޮތް ކޯލިޝަން ރޫޅާލުމަށް ލިބިގެންގޮސްފައިވާ އެންމެބޮޑު ހަތިޔާރު ކަމަށް ގިނަ ބަޔަކު މިހާރު ގަބޫލުކުރެއެވެ. ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވާގޮތުން މިއީ ކޯލިޝަން ރޫޅާލުމަށް ވަރަށް ރޭވިގެން ތައްޔާރުކުރެވުނު "އެޓޮމްބޮމް" އެކެވެ.

ދައުލަތުން މިހާބޮޑު ހޭދަތަކެެއް ކުރުމުގައި އެކި ވުޒާރާތަކާއި އެކި ބޭފުޅުންގެ ބައިވެރިވުން އޮތްނަމަވެސް މިއަދު ފެންނަމުންދަނީ ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުން ފިޔަވައި ކޯލިޝަންގެ ވަޒީރުންނަށް މިކަމުގެ ތީރު އަމާރުވެފައިވާ ތަނެވެ. ކޮންމެ ފަހަރަކު ރުވާފައި ދޫކޮށްލާ ތީރުގޮސް ހެރެނީ ކޯލިޝަންގެ އެހެން ޕާޓީއެއްގެ ވަޒީރެއްގެ މެއަށެވެ. އެ ތީރު އަންނަ ހަގީގީ ދިމާ އަދި ހަމަ ބުނާކަށް ނޭނގެއެވެ.

ޓުވަރިޒަމް މިނިސްޓަރ އަލީވަހީދު ވަޒީރު ކަމުން ވަކިކޮށްފައިވަނީ ސިއްސައިގެންދާ ވަރުގެ ބޮޑެތި "ޖިންސީ ފުރައްސާރައިގެ" ތުހުމަތުތަކާއި ކޮރަޕްޝަންގެ ތުހުތަތުތަކުގައެވެ. ކުރެވިފައިވާ ތުހުމަތުތަކުން އެމައްސަލަތަކަކީ ހަމަ އެދުވަހުން އެދުވަހަށް ތަހުގީގުކޮށް ދައުވާކުރަންފޮނުވާނޭ މައްސަލަތަކެއްކަމަށް ގިނަބަޔަކަަށް ގަބޫލު ކުރެވިގެންދިޔައެވެ. އޭނާ ކުރެއްވީ އެހާވެސް ގޯސް އަމަލެކެވެ. ޒުވާން އަންހެން ކުދީން ތަކެއްގެ "އިއްފަތްތެރިކަން" ދަމައިގަންނަން އުޅުނީއެވެ. ބައެއް ކުދިންގެ ދަމައިގަތް ކަމަށް ވެސް ތުހުމަތު ކުރެވުނެވެ.

އެކުދިން ރައީސް ސޯލިޙްގެ އަރިހަށް ގޮސް ދެއްކީ ލޯހުޅުވައިލާންވެސް ނުކުރޭ ވަރުގެ ހުތުރު ވާހަކަ ތަކެވެ. ނަމަވެސް ރައީސް އަރިހަށް ދިޔަ މުވައްޒަފުންގެ ތެރޭގައި ގިނައީ ފިރިހެން ކުދިން ކަމަށްވެސް އެއް ރިވާއެއްގައި ބުނެއެވެ. އެމީހުން ގޮސް އެދެއްކި ވާހަކަތަކަށް ބަލާއިރު އަލީ ވަހީދު ވަގުތުން "އުފުރާލާ" ހައްޔަރު ކުރަން ޖެހެއެވެ. ޖެހޭނެއެވެ. ހަމަގައިމުވެސް އެހާވަރަށް ހެކި ހުރިއްޔާ އާދައިގެ ރައްޔިތަކަށް ވިއްޔާ ހަދަނީ އެހެންނެވެ. ކޯޓު އަމުރު ހިފައިގެން ގޮހާއި ބައެއް ފަހަރު އެގޮލާ ނުލައި ގޮސްވެސް "އުފުރާލަނީ" އެވެ. އެކަމަކު އަށް، ނުވަ، ދިހަ، ބާރަ ކުދިން "ހަނާކޮށްލި" ނޫނީ ހަނާކޮށްލަން އުޅުނު މީހަކު އަދިވެސް ހުރީ ރީއްޗަށް ގޭގައެވެ.

ވަރަށް ބާރު ބާރަށް ފުލުހުން އަރާ ނޫސްކޮންފަރެންސް ވެސް ދިނެވެ. ނުފޮރޮޅާ އެންމެ ގައުކޮޅެއްވެސް އަލީ ވަހީދުމެންގެ ފުރާޅު މަތީގައި ނުބައިންދާނަމޭ ކިޔައިގެން އުޅެފާ އެގެއިން އުފުރާލީ ޕެންޑްރައިވަކާއި ލެޕްޓޮޕަކާއި ޗާޖަރަކާއި، މިހެންގޮސް އެސޮރު ގެންގުޅުނު އިލެކްޓްރޯނިކް ސާމާނު ކޮޅެކެވެ. އޭގެ ފަހުން މިހާރު އެސޮރު ހުރި މަގާމުވެސް މީހަކަށް ދީ ނިންމައިފިއެވެ. އެސޮރާއި މެދު ނުރުހުންވީ ކޮންކަމަކާ ހެދި ކަމެއް ވެސް މުޅިއަކުން ނޭނގެއެވެ. އިވެނީ ލައިލާ ކައިރީގައި މަޖުނޫނު ހެދިގެން އެއްދުވަސް ވަރެއްގައި އެސޮރު މާ "ހަޔާތްކަނޑާލާފައި" އުޅުނީމާ ހިފާލި ބަދަލެއް ކަމަށެވެ. ކޮންމެއަކަސް މިހާރު "އެ ތުހުމަތެއް،" "އެ ތަހުގީގެއް،" ވީތަނެއް ނުވެސް އެނގެއެވެ. އެކަން އެނގޭނީ ފަހަރެއްގައި ވާހަކަ ލިއުންތެރިއާ، ޕްރޮޑިއުސަރ ނަހުލާ ދެން ރިލީސް ކުރާ ފިލްމެއް ރިލީސް ކުރީމާ ކަމަށްވެސް ވެދާނެއެވެ.

ކޯލިޝަންގެ ވަޒީރުންތިބި ވުޒާރާ ތަކުގެ ތެރެއިން އެމްޑީޕީގެ ބައެއް ބޭފުޅުން އެންމެބޮޑަށް ފާރަވެރިވާ، ބޭނުންވާ އެއްވުޒާރާއަކީ އަބަދުވެސް ހެލްތު މިނިސްޓްރީ ކަމަށް އަޑުތައް އިވެއެވެ. ފެށުނީއްސުރެ މަޖިލިސް ތެރެއިންވެެސް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ކުޑަކުޑަ އަމީން ކަތިލާ ވާހަކަ ނުވަތަ އިތުބާރު ނެތްކަމުގެ ވާހަކަ އެމްޑީޕީގެ ބައެއް މެމްބަރުން ދިޔައީ ދައްކަވަމުންނެވެ. ބައެއް ބޭފުޅުން ކޮފީމޭޒު ދޮށުގައި ވިދާޅުވާ ގޮތުންނަމަ އެހާބޮޑަށް އެފަކީރާއިމެދު ހިތްހަމަނުޖެހުން އޮތީ އެ މެމްބަރުން ކުރައްވާ ވިޔަފާރިތަކަށް ވަޒީރު އެއްބާރުލުން ނުދިނުމެވެ. އެތަނުން އެއްޗެއް ލިބެންޏާ ލިބެނީ ވަކި ބަޔަކަށް ކަމަށް ވެއެވެ. ޚާްއްޞަކޮށް އެވެރިން ތުހުމަތު ކުރަނީ ރައީސް އޮފީހުގައި ތިއްބަވާ ހުވާ ނުކުރައްވާ ވަޒީރުން ކޮޅަކަށެވެ.

އައިޖީއެމްއެޗް ބަލަހައްޓަވަނީ ރައީސް އޮފީހުގައި އިންނަވާ އެބުނާ ޒާތުގެ ވަޒީރެއްކަމަށްވާ އަލީ ޝިޔާމް ކިޔާ ބޭފުޅެއް ކަމަށް އެކުދިން ބުނެއެވެ. އެބުނާ ހޮސްޕިޓަލަކީ ހެލްތު މިނިސްޓްރީއާ ވާ ބެހޭވެސް ތަނެއް ނޫނެވެ. އެހެންވީމާ އެފަދަ ގިނަ ޑީލްތައް ހިނގަނީ ޝިޔާމާއި ޝިއްޕެގެ ފުރިހަމަ ބާރުގައި ކަމަށް އެވެރިން ކޮފީމޭޒު ދޮށުގައި ކިޔައި އުޅެއެވެ. އެކުދިން ކިޔާ ގޮތުންނަމަ ވެންޓިލޭޓަރ ޑީލުން ވެސް އެ ބޭފުޅުން ނައްޓައިގެން ނުދާނެއެވެ.

ކޮންމެއަކަސް މިއަދު މިފެންނަކީ ސަލާމަތް ނުވާވަރުގެ އަދި ރައްޔިތުންވެސް އެންމެ ނުގަބޫލު ކަންކަން މަތިކޮށްފައިވާ "ކޯލިޝަން" ރޫޅާލުމުގެ މަޅި ޖަހަމުންދާ މަންޒަރެވެ. އެހާމެ ހުތުރު ގޮތް ގޮތަށެވެ. ފެންނަން އޮތް ބޮޑު މަންޒަރުގެ ތެރެއިން ފެންނަގޮތުން މިފަދަ އެތައް ތުހުމަތުތަކެެއް އަދި ކޯލިޝަންގެ ވަޒީރުންނާމާމެދު ކުރެވޭތަން ވަރަށް ސާފުކޮށް ފެނެއެވެ. ކުރިއާލާ ސަލާމަތްވާން ބޭނުން މީހަކު ސަލާމަތް ވާށެވެ. މަންޒަރު އެހާ ރީއްޗެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު


22

ވިގަނި

23-Aug-2020

މޮޅީމޮޅޮކަމަކަުުނޫ ހުރިހާކުދިނއަތޖަހާ ބާރަ


11

ޖައުފަރު

23-Aug-2020

ނުރަބޯ ކަލޭ މެނަށް ކަމަކު ނުދާނެ ޔާމިން ކުރިހެން މާރޯ ދުވާލު ވައްކަން ނުކުރަންޏާ ރައީސް ސޯލިހް އަކީ ދިވެހި ތާރީހުގަ ވެސް މިގައުމުގަ ވެރިކަނ ކުރި އެެއްމެ ތެދުވެރި އިހުލަސްތެރި ވެރިޔާ


14

ނުރަބޯ

23-Aug-2020

ވަރަށް ފައްކާ މޮޅު ލިޔުމެއް. ކޯލިޝަންގެ ބައިވެރިން އަމިއްލަ އެދުމަށްޓަކައި މޮޔައެއްގެ އަތަށް ކަނޑި ދިނީމާ ދެންވާންވީ ގޮތް ވަމުން ދަނީއެވެ. ލިޔުންތެރިޔާ އަށް ޝުކްރިއްޔާ.....!!!


13

އައިސްތު ކަނބާ

23-Aug-2020

ކަލޯ މިހިރަ ފައްކާ ލިއުންތަކަށް ކޮމެންޓް ކުރިއަސް މި ސޮރުމެން ނާރުވާ.. ކަލޯ ތިޔަހެން ނުހަދާ.. އަހަރެމެންގެ ޚިޔާލުވެސް ތިއަށް ލާބަލަ..


6

ދިއްގަރު ފަގީރު ކޮއެ

23-Aug-2020

މަ ރަނާ ދޫންޏާ އެސޮރުގެ ...ސާ ހާދަހާ ވަރުގައޭ.. ހަމަ ދިދަނޑި ވަރުގަދައީ ދޯ.. ލައިލާވެސް.. މަޖުނޫނު ބަރާބަރު.. އިނގިރޭސި ވިލާތުގެ އެ ގަނޑެއްތާ މިގަތީ.. މިއީ ދުންޔާއެއް.. އައިޝާއެއް.. ކާސިމެއްވެސް ދޫކުރާ ސޮރެއް ނޫންތަ.. އަން ކިޔައިފިއްޔާ ހެޔޮ އަންބަރީވެސް..


15

މެޑާމް

23-Aug-2020

ވަރަށް ފައްކާ.. ކިޔާލަން ސަތޭކަ.. މައުލޫމާތު ހަބޭސް.. މިހާރު ދެން އެދަނީ ވަރިވާން.. މިފަަހަރު ވަރިވާނެ.. ދެން ފަށްކަނޑާކަށް ނޫޅޭނެ..


15

ޙަސަން ސޮބްރީ

23-Aug-2020

ޥާހަކަ މުޅިންދެކޮޅެއް ނުޖެހޭ. ކޯލިޝަންގެ ޓޫރިޒަމް މިނިސްޓަރ ވަކިކޮށްފަ ދެންވެސް އެމަގާމަށްލީ ވަކިކުރި މިނިސްޓަރުގެ ޕާޓީގެމީހެއް. ދެން ކޯލިޝަންރޫޅަލަން ހެދީކޮންގޮތެއްބާ!?



ޓްރެންޑިން