ކަންގަނާ ރަނައުޓް ގެ ރޭނޖް ރޯވާ- ގޫގުލް އިމޭޖެސް
ކަންގަނާ ރަނައުޓް ގެ ރޭނޖް ރޯވާ- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި ކަންގަނާ ރަނައުޓް ދާދި ފަހުން މުމްބާއީގައި ހުންނަ އޭނާގެ 32 ކަރޯޑު ރުޕީސްގެ ބަންގަލޯ ވިއްކާލުމަށްފަހު، ރޭންޖް ރޯވާ ކާރެއް ގަނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އޭނާ ގަނެފައިވަނީ 3.81 ކަރޯޑު ރުޕީސްގެ ހައި އެންޑު ލޭންޑް ރޯވާ ރޭންޖް ރޯވާ އޮޓޯ ބައޮގްރަފީ އެެކެވެ.

ކަންގަނާ އެ ކާރު ގަތުމުން ކާރު ކުންފުނީގެ އިންސްޓަގްރާމް ޕޭޖުގައި ކަންގަނާ ގަތް ކާރު ކައިރީގައި ހުރެ ނަގާފައިވާ ފޮޓޯއެއްވެސް ވަނީ ހިއްސާ ކޮށްފައެވެ. އަދި އެ ފޮޓޯގެ ކެޕްޝަނުގައި އެމީހުންވަނީ ކަންގަނާ އަކީ ވަރަށް ފުރިހަމަ ނިންމުންތައް ނިންމާ މީހެއް ކަމަށް ބުނެ، މިކާރަކީ އޭނާއަށް އެންމެ ފުރިހަމަ، އޭނާއާ އެންމެ ގުޅޭ ކާރު ކަމަށް ބުނެފައެވެ.





ކަންގަނާ އަކީ ބޮލީވުޑަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ ކުޅަދާނަ ތަރިއެކެވެ. އޭނާގެ ކުރިޔަށް އޮތް ފިލްމު "އިމަޖެންސީ" މިދަޔަ މަހު ނެރެން ހަމަޖެއްސިނަމަވެސް އެ ފިލްމަށް ސީބީއެފްސީގެ ސެޓްފިކެޓް ނުލިބުމާ ގުޅިގެން މިހާރު އެ ފިލްމު ނެރުން ވަނީ މަޑު ޖައްސާފައެވެ. މިކަމާ ބެހޭ ގޮތުން ކަންގަނާ އެތައް ފަހަރަކު ނުރުހުން ފާޅު ކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން