ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ތިން ސިޓީއަށް ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުން ރައީސް މުއިއްޒު އެ ދަތުރުފުޅު ކުރައްވާނީ އަންނަ އާދިއްތައިން ބުރާސްފައްޗަށެވެ.

އިންޑިއާ ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ "އިންޑިއަން އެކްސްޕްރެސް" ގައި ބުނީ ރައީސް މުއިއްޒު އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން މުމްބާއީ އަދި ބެންގަލޫރަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ.

އަދި އެކަމުގެ އިންތިޒާމްތައް މިހާރު އެ ސިޓީތަކުގައި ހަމަޖައްސަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.

އިންޑިއާގެ "ހިންދުސްތާން ޓައިމްސް" އިން ބުނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއި ރައީސް މުއިއްޒު މި މަހުގެ އަށް ވަނަ ދުވަހު މަޝްވަރާތައް ބާއްްވާނެ ކަމަށެވެ.

ހިންދުސްތާން ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައިވާ ހާރިޖީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެެވެ. އޭގެއިތުރުން ރާއްޖޭގެ މާލީ ހާލަތުން އަރައިގަތުމަށް، އިންޑިއާއިން ވެދެވެން އޮތް އެހީތެރިކަމާއި ގުޅޭގޮތުން ދިވެހި ސަރުކާރުން ހުށަހެޅުންތަކެއް، އިންޑިއާ ސަރުކާރަށް ހުށަހަޅާނެކަމަށް ބެލެވޭކަމުގައި އެ ނޫހުގައި ބުނެފައިވެ އެވެ.

ހީނަރުވެފައި އޮތް ރާއްޖެއާއި އިންޑިއާގެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެގޮތުން ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ ލޯނު ޕޭމެންޓްތައް ދެއްކުމުގެ މުއްދަތުތައް ފަސްކޮޮށްދިނުމަށް އެގައުމުން މިހާރު ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން