މާފުށީ ޖަލުގައި ދަންޖެހުނު މީހާގެ ޕޯސްޓްމޯޓަމް ހަދައި މާލެ ގެެނެސްފިއެވެ.
ކަރެކްޝަންސްއިން ބުނެފައިވާ ގޮތުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު މާފުށީ ޖަލުގައި ދަންޖެހިގެން މަރުވީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ގ. އެއްތެޔޮމާގޭ އަބްދުލްޣަނީ އިސްމާއީލް (62 އަހަރު)އެވެ.
ކަރެކްޝަނުން ބުނެފައިވާ ގޮތުގައި އޭނާއަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާއެއް ކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށެވެ.
ފުލުހުން މިއަދު ބުނީ އެ މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު އިއްޔެ މާލެ ގެެނެސް ވަޅުލާފައިވާ ކަމަށެވެ.
ނަމަވެސް ޕޯސްޓްމޯޓަމްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ފުލުހުން ބުނެެއެވެ.
ޖަލުގައި އަމިއްލައަށް މަރުވުމުގެ ހާދިސާތައް ތަކުރާރުވަމުން ދާތީ ގިނަ ބަޔަކު ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު