ފިލްމު ކިކް 2 އަށް ނަގާފައިވާ ބައެއް ފޮޓޯތައް- ގޫގުލް އިމޭޖެސް
ފިލްމު ކިކް 2 އަށް ނަގާފައިވާ ބައެއް ފޮޓޯތައް- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ބުލޮކްބަސްޓަރު ތަރި ސަލްމާން ޚާންގެ ފިލްމު "ކިކު" ގެ ސީކުއެލް އެއް އުފައްދަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ސަލްމާނުގެ ފިލްމު "ކިކު" ގެ ސީކުއެލް ފިލްމެއް އުފައްދަން އުޅޭ ކަމަށާއި، ފިލްމު އުފެއްދުންތެރިޔާ ސާޖިދު ނަޑިއަދްވާލާ މިކަން ހާމަ ކޮށްފައިވާ ކަމަށެވެ. އެގޮތުން "ކިކު 2" ޕްރޮމޯޓު ކުރުމަށް ނަގާފައިވާ ބައެއް ފޮޓޯތައް އިންސްޓަގްރާމުގައި ވަނީ ހިއްސާ ކޮށްފައެވެ.

ސާޖިދު އާއި ސަލްމާނު ގުޅިގެން ފާއިތުވި އަހަރުތަކުގެ ތެރޭގައި ވަނީ ވަރަށް ހިއްގައިމު ފިލްމުތަކެއް އުފައްދާފައެވެ. އޭގެ ތެރޭގައި ފިލްމު "ކިކު" ވެސް ހިމެނެއެވެ. މި ފިލްމަކީ އެތައް ބައެއްގެ މެދުގައި މަގުބޫލުވި ފިލްމަކަށް ވުމުން "ކިކު 2" އަކީވެސް މިފަދަ މީހުން ގަޔާވާ ފަދަ ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ.

ސަލްމާނު މިހާރު މަސައްކަތް ކުރަމުންދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސިކަންދަރު" ނެރުމަށެވެ. ސާޖިދު ނަޑިއަދްވާލާ އުފައްދާ މި ފިލްމު ޑައިރެކްޓު ކުރަނީ އޭ އާތު މުރުގަދޮސް އެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ 2025 ގެ އީދުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން