ބިދޭސީންނަށް ބިރު ދައްކައި ފޭރުނު ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ސ. ހިތަދޫ އަތިރީގޭ އަހުމަދު ސިވާތު (37އަހަރު) އާއި ހަމަ އެ ރަށަށް ނިސްބަތްވާ ޑިލައިޓް ފޭސް، މުހައްމަދު ސާލިމް (37އަހަރު) މިދިޔަ މަހުގެ 19 ވަނަ ދުވަހު ހައްޔަރުކުރީ ދެ ބިދޭސީއެއްގެ އިނގިލިތައް ބުރިކޮށްލާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އެ ދެ މީހުންގެ ވޮލެޓުގައި ހުރި ފައިސާތައް ފޭރިގަތް މައްސަލައިގަ އެވެ،
އެ ދެ މީހުންނަށް ބިރު ދެއްކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
އެ މައްސަލައިގައި އެ ދެމީހުން 15 ދުވަހަށް ބަންދުގެ މުއްދަތު ޖެހިއިރު އިއްޔެ އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓަށް ވަނީ ހާޒިރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ ދެ މީހުންގެ ވެސް ހައްޔަރާއި ބަންދު ލޮގު ގިނަ އެވެ.
އެހެންވެ އެ ދެ މީހުން ބަންދުން ދޫކޮށްލައިފިނަމަ ކުށް ތަކުރާރުވުމުގެ ފުރުސަތު އޮތުމާއެކު އެ ދެ މީހުން އިތުރު 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު