ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު "އިންޑިއާ ފަރސްޓް" ޕޮލިސީ ނަގަހައްޓަވާނެތޯ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އައްސަވައިފިއެވެ.
އިންޑިއާގެ ރައީސްގެ ދައުވަތަކަށް ރައީސް މުޢިއްޒު މިހާރު ހުންނެވީ އެ ގައުމުގެ ވެރިރަށް ނިއުދިއްލީގައެވެ.
އެހެންވެ އެކަމަށް އިޝާރާތްކުރައްވައި މާރިޔާ އެކްސްގައި ރޭ ވިދާޅުވީ ރާއްޖޭގެ ކޮންމެ ވެރިއަކުހެން އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދެވީ އިންޑިއާއަށް ކަަމށެވެ.
އެހެން ނަމަވެސް "އިންޑިއާ އައުޓް" ކެމްޕޭން ޝިޢާރެއްގެ ގޮތުގައި ބޭނުންކުރައްވައި ރައީސް މުއިއްޒު ކުރީގެ އާދަކާދައާ ޚިލާފަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ ޗައިނާއަށް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
އެހެން ނަމަވެސް ވެރިކަމަށް 10 މަސް ވީއިރު ރައީސް މުޢިއްޒު މިހާރު ހުންނެވީ އިންޑިއާގައި ކަމަށް މާރިޔާ ވިދާޅުވިއެވެ.
"ރައީސް މުޢިއްޒު "އިންޑިއާ ފަރސްޓް" ޕޮލިސީ ނަގަހައްޓަވާނެތޯ؟" މާރިޔާ ސުވާލު ކުރެއްވި އެވެ.
ރައީސް މުޢިއްޒު ކެމްޕޭންގައި ވިދާޅުވެފައިވާ ގޮތުން ވަކި ގައުމަކަށް އިސްކަމެއް ނުދެއްވާނެއެވެ. ނަަމަވެސް ގެންގުޅުއްވާނީ "މޯލްޑިވްސް ފަސްޓް" ޕޮލިސީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު