އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަމަށް މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި މަޝްވަރާތަކުގެ ތެރެއިން އެވެ.

އެ ބައްދަލުވުމުގައި އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރުމުގެ އިތުރުން ރާއްޖޭގެ ކޮންސިއުލޭޓެއް އިންޑިއާގެ ބެންގަލޫރުގައި ވެސް ގާއިމުކުރުމަށް ވަނީ މަޝްވަރާ ކޮށްފަ އެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން އެ ގައުމުގެ ކެބިނެޓުން ނިންމީ 2021 ވަނަ އަހަރު އެވެ.

އަދި އޭރު އެކަމަށް ތާއިދުކޮށް ކުރީ ސަރުކާރުގެ އިސް ބޭފުޅުންނާއި އެމްޑީޕީގެ މަޖިލިސް މެމްބަރުން ވެސް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި އެވެ.

އެހެން ނަމަވެސް އޭރުގެ އިދިކޮޅު ފަރާތްތަކުންނާއި އެހެންބައެއް ފަރާތްތަކުން އެކަމާ ދެކޮޅަށް ވާހަކަ ދެއްކުމުން އެކަން އޮތީ މަޑުޖެހިފަ އެވެ.

އައްޑޫ ސިޓީގައި އިންޑިއާގެ އެހީގައި އެކި މަޝްރޫއުތައް ހިންގުމަށް އިންޑިއާގެ މަސައްކަތްތެރިން އުޅޭއިރު އިންޑިއާގެ ކޮންސިއުލޭޓެއް މުހިންމުކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން