ރަންވީރު ސިންގު ކުޑަކުއްޖަކަށް އެހީވަނީ- ގޫގުލް އިމޭޖެސް
ރަންވީރު ސިންގު ކުޑަކުއްޖަކަށް އެހީވަނީ- ގޫގުލް އިމޭޖެސް
ހިންދީ ފިލްމު "ސިންގަމް އަގެއިން" ގެ ޓްރެއިލާ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޑަ އަންހެން ކުއްޖަކަށް އެހީވުމުގެ ސަބަބުން އެތައް ބަޔަކު ބޮލީވުޑްގެ ތަރި ރަންވީރު ސިންގުއަށް ތައުރީފު ކޮށްފިއެވެ.

ހިންދުސްތާނީ ޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ "ސިންގަމް އަގެއިން" ގެ ޓެރެއިލާ ނެރުނު ރަސްމިއްޔާތުގައި ބައިވެރިވި އާންމުންގެ ތެރޭގައި ހުރި ކުޑަ ކުއްޖަކު އޭނާގެ ބެލެނިވެރިޔާ ނުފެނިގެން ރޯތަން ފެނުމުން ރަންވީރު އެކުއްޖާއަށް އެހީތެރިވެފައިވާ ކަމަށެވެ. އެގޮތުން އޭނާ އެކުއްޖާ އުރާލައިގެން ހުއްޓުވަން އުޅުނު ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ.

ރަންވީރުގެ މި އަމަލުގެ ސަބަބުން އެތައް ބައެއްގެ ތައުރީފު އޭނާއަށް ވަނީ ލިބިފައެވެ. އެގޮތުން ބައެއް މީހުން ބުނެފައިވަނީ ރަންވީރުގެ މި އަމަލުންވެސް އޭނާއަކީ އަންހެން ދަރިއެއްގެ ބައްޕައަކަށްވުމުގެ ގާބިލިއްޔަތު ލިބިފައިވާ ކަން އެނގޭ ކަމަށެވެ.

މިހާދިސާ މިހެން ހިނގާފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ގައި، ދިޕިކާއާއި ރަންވީރުގެ އަލަތު ދަރިފުޅު ވަނީ އުފަންވެފައެވެ. އެމީހުންނަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން