ބޮލީވުޑްގެ މަޝްހޫރު ތަރި އިމްރާން ހާޝްމީ- ގޫގުލް އިމޭޖެސަ
ބޮލީވުޑްގެ މަޝްހޫރު ތަރި އިމްރާން ހާޝްމީ- ގޫގުލް އިމޭޖެސަ
ފިލްމެއްގެ އެކްޝަން މަންޒަރުތަކެއް ޝޫޓުކުރަމުން ދަނިކޮށް ބޮލީވުޑްގެ މަޝްހޫރު ތަރި އިމްރާން ޙާޝްމީއަށް އަނިޔާތަކެއް ލިބިއްޖެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ތެލުގޫ ފިލްމު "ގުދަޗާރީ 2" ގެ އެކްޝަން މަންޒަރުތައް ޝޫޓު ކުރަމުން ދަނިކޮށް އިމްރާން ހާޝްމީއަށް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ކަރު ވަރަށް ފުންކޮށް ކަނޑައިގެން ގޮސްފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

ފިލްމުގެ ޝޫޓުތައް ކުރިއަށް ގޮސްފައިވަނީ ހައިދްރަބާދުގައެވެ. ނަމަވެސް އިމްރާންގެ ކަރަށް ލިބުނު އަނިޔާގެ ސަބަބުން ދުވަސްކޮޅަކަށް އަރާމު ކުރުމަށް ޑޮކްޓަރު ލަފާ ދީފައިވާތީ، އޭނާ ޝޫޓުތައް މަޑު ޖައްސާލުމަށްފަހު އަނބުރާ މުމްބާއީއަށް ދިއުމަށް ތައްޔާރު ވަމުން އަންނަ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މި ފިލްމަކީ ތެލުގޫ ހިޓު ފިލްމު "ގުދަޗާރީ" ގެ ސީކުއެލް އެކެވެ. އެ ފިލްމަށް ގިނަ ބައެއްގެ ތަރުހީބެއް ވަނީ ލިބިފައެވެ. މި ފިލްމުގައި އިމްރާން ފަދަ ކުޅަދާނަ ތަރިއެއް ލީޑުގައި ހިމެނޭތީ މިއީވެސް ވަރަށް ކާމިޔާބު ފިލްމަކަށް ވާނެކަމަށް ފިލްމުގެ އުފެއްދުންތެރިން ގަބޫލު ކުރެއެވެ. ފިލްމު "ގުދަޗާރީ 2" ނެރުމަށް ހަމަޖެހިފައިވަނީ 2025 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން